މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ބައެއް ސެކްޝަންތައް ހިންގުމަށް އޮފީސް ޢިމާރާތެއް ކުއްޔަށް ހިފުމާ ގުޅޭ،

މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ބައެއް ސެކްޝަންތައް ހިންގުމަށް 2500 އަކަފޫޓާއި 3000 އަކަފޫޓާ ދެމެދުގެ  އޮފީސް ޢިމާރާތެއް ކުއްޔަށް ހިފުމަށް ބޭނުންވެގެން މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

        

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2024 ސެޕްޓެމްބަރ 12 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ހުށަހެޅި ފަރާތުގެ ނަމާއި، އިޢުލާން ނަންބަރު އެނގޭނެހެން ބަޔާން ކުރެއްވުމަށް ފަހުގައެވެ.

 

މި އިޢުލާނާ އެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެއެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅު ވާނަމަ 2024 ސެޕްޓެމްބަރ 10 ވާ އަންގާރަ  ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

31 އޮގަސްޓް 2024
ހޯދާ