މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތްތައް ހޯދުމާއި ގުޅޭ

ނ. ކެނދިކުޅުދޫގައިން އަލަށް ދޫކޮށްފައިވާ ޓޫރިޒަމް ބިމާއި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނަށް ޖޫނިއަރ ކޮލެޖް އެޅުމަށް ދޫކޮށްފައިވާ ބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތްތައް ހޯދަން މިކައުންސިލުން ކޮށްފައިވާ ނަންބަރު: (IUL)286-CB/286/2024/89  އިޢުލާނަށް އިތުރު މުއްދަތު ދިނުމަށް ބޭނުންވާތީ އަލުން އިޢުލާން ކުރަމެވެ.

ޓޫރިޒަމް ބިން

މިިއީ ނ. ކެނދިކުޅުދޫ ކުޅުދޫ އަވަށުން، ޓޫރިޒަމަށް ދޫކޮށްފައިވާ 100،000 އަކަފޫޓުގެ ބިމެކެވެ. މިބިން އޮންނާނީ ކުޅުދޫ އަވަށު ކައިޓް ބީޗުގެ އުތުރުން ކާނީ ބީޗުގެ ދެކުނުން އެދެމެދުގައެވެ. މިބިމުގެ ފުޅާމިނަކީ ދެކުނުފަރާތުގައި 65 މީޓަރު، އުތުރު ފަރާތުގައި 77 މީޓަރެވެ. މި ބިމުގެ ދިގުމިނަކީ 143 މީޓަރެވެ. މިބިން އޮތް ސަރަހައްދުގައި ރުއްތަކުގައި ނަންބަރު ޖަހާފައިވާނީ T1އިން ފެށިގެން  T268އަށް ނުލާއި ރަތްކުލައިންނެވެ. ގަސްތަކުގައި ނަންބަރު ޖަހާފައިވާނީ H1އިން ފެށިގެން H53އާއި ހަމަޔަށް ނުލާއި ރަތްކުލައިންނެވެ.

 

ޖޫނިއަރ ކޮލެޖް ބިން

މިބިމަކީ ނ. ކެނދިކުޅުދޫ، ކެނދިކޮޅު އަވަށުން ޖޫނިއަރ ކޮލެޖު އެޅުމަށްޓަކައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނަށް ދޫކޮށްފައިވާ ބިމެކެވެ. މިބިން އޮންނާނީ ގުލްބަކާގޭގެ ދެކުނުން ފެށިގެން ގޯޅި ދޫކޮށްފައި، އެގޯޅިން ފެށިގެން ކުޑައައިނުގަނޑާއި ހަމަޔަށެވެ. މިބިމަކީ 200 ފޫޓު ފުޅާ އަދި 430 ފޫޓު ދިގު، ޖުމްލަ 86،000 އަކަފޫޓުގެ ބިމެކެވެ. މިބިން އޮތް ސަރަހައްދުގައި ރުއްގަހުގައި ނަންބަރު ޖަހާފައިވާނީ، A1އިން A53އަށް އަދި 1 އިން ފެށިގެން 322 އާއި ހަމަޔަށް ނޫކުލަޔާއި ކަޅުކުލައިންނެވެ.

 

ވީމާ، މިބިންތަކުގައި ހުރި ރުއްގަހުގެ ވެރިފަރާތްތަކުން 08 ސެޕްޓެންބަރު 2024 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން ރުއްގަސް ނަންނޯޓްކުރާ ފޯމް މެދުވެރިކޮށް ފޯމް ހުށައެޅުމަށް ދަންނަަވަމެވެ. ފޯމް ހުށައަޅާނީ ކެނދިކުޅުދޫ ކައުންސިލް އިދާރާގެ ކައުންޓަރަށެވެ. ނުވަތަ އޮންލައިންކޮށްނަމަ [email protected] މި އީމެއިލް އެޑުރެހަށެވެ. ރުުއްގަހުގެ ނަންބަރު ނޯޓްކުރާ ފޯމް، އަދި 2 ސަރަހައްދުގެ ޗާޓު މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެެއެވެ. އަދި ރުއްގަސް ނޯޓްކުރާ ފޯމް މިކައުންސިލުގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

24  ޞަފަރު   1446

30  އޮގަސްޓް  2024

30 އޮގަސްޓް 2024
ހޯދާ