މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބީލަމުގައި ރަޖިސްޓްރީ ކުރުމާއި ބީލަން ހުށަހެޅުމަށް އާއްމު ކުރެވިފައިވާ ތާރީޚްތަކަށް ބަދަލު ގެނައުމާބެހޭ

އިޢްލާން

 

ބީލަމުގައި ރަޖިސްޓްރީ ކުރުމާއި ބީލަން ހުށަހެޅުމަށް އާއްމު ކުރެވިފައިވާ ތާރީޚްތަކަށް ބަދަލު ގެނައުމާބެހޭ

 

މިއިދާރާގެ ނަންބަރު: (IUL)230-AHI/230/2024/52 (22 އޮގަސްޓް 2024) އިޢްލާނާއި ގުޅިގެން ބީލަމުގައި ރަޖިސްޓްރީވާންއެދޭ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީ ކުރެވޭނެ އެންމެ ފަހު ތާރީޚަކީ 28 އޮގަސްޓް 2024 ގެ ބަދަލުގައި 02 ސެޕްޓެންބަރު 2024 ވާ ހޯމަ ދުވަހުގެ 14.00 ކަމުގައި ހަމަޖައްސައިފީމެވެ. އަދި މިދެންނެވި ބީލަން ހުށަހެޅުމަށް ކުރިން ދެވިފައިވާ ސުންގަޑި 03 ސެޕްޓެންބަރު 2024 ވާ އަންގަރާ ދުވަހުގެ 11.00 ގެ ބަދަލުގައި 08 ސެޕްޓެންބަރ 2024 ވާ އާދީއްތަ ދުވަހުގެ 11.00 އަށް ބަދަލު ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.  

                  ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 ސެޕްޓެންބަރު 2024 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން  [email protected] އަށް އީމެއިލް ކުރައްވައިގެން ނުވަތަ މިއިދާރާއަށް ވަޑައިގެން ބީލަމުގައި ރަޖިސްޓްރީވުމަށްފަހު، 08 ސެޕްޓެންބަރ 2024 ވާ އާދީއްތަ ދުވަހުގެ 11.00 ގައި މިކައުންސިލަށް ބީލަން ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

  • §        ބީލަން/ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ބައެއް ނުކުތާތައް:

1-      ބީލަން ހުށަހަޅާ ފަރާތްތަކުން ބީލަން ތައްޔާރުކުރައްވާއިރު ބީލަން ކަރުދާހުގައި ހުރި މައުލޫމާތު ބެއްލުވުމަށް ސަމާލުކަން ދޭންވާނެއެވެ.  

2-      ބީލަމުގައި ރަޖިސްޓްރީވުމަށް އެދި، ވިޔަފާރި/ކުންފުންނިތަކުން އެފަރާތުގެ ވިޔަފާރީގެ ނަން، ރަޖިސްޓްރީ ނަންބަރު، ގުޅޭނެ ނަންބަރު އަދި އީމެއިލް އެޑްރެސް، ޖެއްސެވުމަށްފަހު [email protected]  އަށް އީ-މެއިލް ފޮނުވަންވާނެއެވެ. ސުންގަޑީގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތައް މިބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.

3-      ބީލަން ހުޅުވުމަށް ހަމަޖެހިފައިވާ ތަނަށް ހާޟިރުވާއިރު ހާޟިރުވާ ފަރާތުގެ އައި.ޑީ ކާޑު ނުވަތަ ފޮޓޯޖެހި ކާކުކަން އަންގައިދޭ ލިޔުމެއް އޮންނަންވާނެއެވެ. އަދި މީގެ އިތުރުން ބީލަން ހުށަހަޅާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެމީހަކީ އެފަރާތެއްގެ ނުވަތަ އެވިޔަފާރީގެ ފަރާތުން ކަނޑައަޅާފައިވާ ފަރާތެއްކަން އެނގޭނެފަދަ ލިޔުމެއް ނުވަތަ ބޯޑު ރިޟޮލިއުޝަނެއް ހުށަހަޅަންވާނެއެވެ.

4-      މި ބީލަމާއިގުޅޭގޮތުން  އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ،  02 ސެޕްޓެންބަރު 2024 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، މިއިދާރާއަށް އީމެއިލް މެދުވެރިކޮށް  [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. އަދި ފޯނުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިނުވާ ވާހަކަވެސް ދަންނަވަމެވެ.

5-      ބީލަން/ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 08 ސެޕްޓެންބަރ 2024 ވާ އާދީއްތަ ދުވަހުގެ 11:05 ގައި  މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި، ބީލަން/ޕްރޮޕޯސަލް ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަން/ޕްރޮޕޯސަލްތައް ހުންނަންވާނީ ބީލަން ކަރުދާހުގައިވާ މައުލޫމާތާއި އެއްގޮތަށެވެ.

 

25  ޞަފަރު   1446

29 އޮގަސްޓް 2024
ހޯދާ