ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
''މަޑިފުށީ ކައުންސިލް ފުޓްސަލް ޗެލެންޖު 2024'' އިންތިޒާމްކޮށް ހިންގައިދޭނެ ފަރާތެއް ހޯދުން

            މަޑިފުށީ ކައުންސިލް ފުޓްސަލް ޗެލެންޖު 2024 އިންތިޒާމްކޮށް ހިންގައިދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި (IUL)384/384/2024/46 ނަމްބަރ އިޢުލާނާއި ގުޅުގެން އެއްވެސް ފަރާތަކުން ރަޖިސްޓްރޭޝަން ހުށަހަޅާފައި ނުވާތީ އަލުން މިކަންކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

                         ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 ސެޕްޓެމްބަރ 2024ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު  [email protected] އަށް  އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މަޢުލޫމާތު ޝީޓް، ރަޖިސްޓްރޭޝަން ފޯރމް އަދި ބީލަންހުޅަހަޅާ ފޯރމް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. ނުވަތަ މަތީގައިވާ ތާރީޚްގެ ކުރިން ރަސްމީ ގަޑީގައި މިކައުންސިލަށް ޙާޟިރުވެ ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު ހުށަހެޅުއްވުން އެދެމެވެ.

                         މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް މިއިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވާ ތާރީޚް

އަންދާސީހިސާބު ހުށަހެޅުމަށް

02 ސެޕްޓެމްބަރ 2024ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން

03 ސެޕްޓެމްބަރ 2024 އަންގާރަ ދުވަހު 11.00އަށް

                         އަދި ދަންނަވަމެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީނުވާ އެއްވެސް ފަރާތެއްގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. މެއިލް މެދުވެރިކޮށް ރަޖިސްޓްރީ ފޯރމް ހުށަހަޅުއްވާ ފަރާތްތަކުން މެއިލް ލިބުނުކަން ކަށަވަރު ކުރަންވާނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު 6780034 އަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

                        މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 އޮގަސްޓް 2024
ހޯދާ