މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
ކްލިކް ކޮލެޖްގެ ބެޗްލަރ އޮފް ބިޒްނަސް މެނޭޖްމަންޓް އީ-ލަރނިންގ މޮޑަލިޓީގެ ދަށުން ހިންގުމަށް ހުއްދަދިނުމާ ގުޅޭ

ނޫސް ބަޔާން ނަންބަރު:  (PR)218-Audit/PRIV/2024/1ޙަވާލާދީ ދަންނަވަމެވެ.

މި އޮތޯރިޓީން 28 ޖުލައި 2024 ގައި ކްލިކް ކޮލެޖަށް ފޮނުވާފައިވާ 218-Audit/PRIV/2024/281 ނަންބަރު ސިޓީއާ ގުޅިގެން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއާއި ކްލިކް ކޮލެޖާއި އެކު 11 އޯގަސްޓް 2024 ވަނަ ދުވަހު ބައްދަލުވުމެއް ބާއްވާ މަޝްވަރާކުރެވުނެވެ. އެ ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރެއިން 5 އޯގަސްޓް 2024 ވަނަ ދުވަހު ފޭސް-ޓު-ފޭސް، އީ-ލާރނިންގ އަދި ބްލެންޑެޑް ލާރނިންގ މޮޑަލިޓީ ހިމަނުއްވައިގެން މި އޮތޯރިޓީއަށް ހުށަހަޅުއްވާފައިވާ 'ބެޗްލަރ އޮފް ބިޒްނަސް މެނޭޖްމަންޓް' ޕްރޮގްރާމަށް އެކްރެޑިޓޭޝަން ދިނުމަށް 19 އޯގަސްޓް 2024 އަދި 21 އޮގަސްޓް 2024 ވަނަ ދުވަހު އެމް.ކިއު.އޭގެ ޓީމުން ކްލިކް ކޮލެޖަށް ޒިޔާރަތްކޮށް، 'ލާރނިންގ މެނޭޖްމެންޓް ސިސްޓަމް'، 'އީ-ލަރނިންގ ރެޑިނަސް' އަދި 'ޕްރޮކްޓަރިންގ މެކޭނިޒަމް' ބެލުމަށްފަހު، އެކަންތައްތައް ފުރިހަމަވެފައިވާތީ 'ބެޗްލަރ އޮފް ބިޒްނަސް މެނޭޖްމަންޓް' ޕްރޮގްރާމް ފޭސް-ޓު-ފޭސް، އީ-ލާރނިންގ އަދި ބްލެންޑެޑް ލާރނިންގ މޮޑަލިޓީގައި ހިންގުމަށް 26 އޯގަސްޓް 2024 ވަނަ ދުވަހު ވަނީ އެކްރެޑިޓޭޝަން ދީފައެވެ.

މިކަމަކީ ދަރިވަރުންނާއި ޢާންމު ރައްޔިތުންނަށް އެނގުން މުހިއްމު ކަމަކަށްވާތީ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

29 އޮގަސްޓް 2024
ހޯދާ