މަޤާމް :
|
ޖެނެރަލް މެނޭޖަރ
|
ބޭނުންވާ އަދަދު:
|
1 ( އެކެއް )
|
މުސާރައާއި އެލަވަންސް:
|
- މުސާރަ: މަހަކު -/15،000 ރުފިޔާ ( ފަނަރަ ހާސް ރުފިޔާ)
- ސަރވިސް އެލަވަންސް: މަހަކު -/5,500 ރުފިޔާ (ފަސް ހާސް ފައްސަތޭކަ ރުފިޔާ)
- ޑެއިލީ އެލަވަންސް: ޤަވާއިދުގައިވާ ގޮތުގެ މަތިން ދުވާލަކަށް -/120 ރުފިޔާ ( ސަތޭކަ ވިހި ރުފިޔާ )
- އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ
|
އޮފީސް :
|
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
|
ޔުނިޓް :
|
މޭލް އޮޕަރޭޝަންސް ޑިވިޜަން
|
ތަޢުލީމީ ފެންވަރާއި މަޤާމުގެ ޝަރުޠު:
|
- ބިޒްނަސް /ކޮމާރސް/މެނެޖްމަންޓް ދާއިރާއަކުން މާސްޓަރޒް ޑިގްރީ ހާސިލު ކޮށްފައިވުމާއެކު 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
ނުވަތަ
- ބިޒްނަސް /ކޮމާރސް/މެނެޖްމަންޓް ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާޞިލުކޮށްފައިވުމާއެކު 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއި 2 އަހަރު ދުވަހު އެގްޒެކެޓިވް ރޯލެއްގައި އުޅެފައިވުން
|
މަޤާމުގެ މައިގަޑު މަސްޢޫލިއްޔަތުތައް
|
- ޕޯސްޓަލް އޮޕަރޭޝަންސް ގައި ހިމެނޭ މޭލް ޕްރޮސެސިންގ ޓްރާންސްޕޯރޓޭޝަން އެންޑް ޑެލިވަރީގެ ދުވަހު މަސައްކަތް އޯވާރސީ ކުރުމާއި ކަޑައެޅިފައިވާ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޑަރ (އެސް.އޯ.ޕީ) އާ އެއްގޮތަށް މަސައްކަތްތައް ތަންފީޒުވަމުން ދާކަން ކަށަވަރުކުރުން
- ކުންފުނީގެ މޭލް އޮޕަރޭޝަންސް ހަރުދަނާކޮށް ތަރައްޤީކޮށް ޒަމާނީ ކުރުމަށް ކުރެވޭ މަސައްކަތްތަކާއި އޮޕަރޭޝަނަލް އެފިޝަންސީ މަތިކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ޕޯސްޓަލް ނެޓްވޯކް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްއްކުރުން
- ޕޯސްޓްގެ އޮޕަރޭޝަންސް ހަރުދަނާކޮށް ތަރއްގީ ކުރުމަށްޓަކައި ބައިނަލްއަގްވާމީ ޕޯސްޓްގެ އިދާރާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތއް ކުރުން
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- ކުރެވޭ އިންޓަރވިއުއިން ފާސްވުން
- އޮޕަރޭޝަންސް މެނެޖްމަންޓް ދާއިރާގައި އުޅެ ތަޖުރިބާ ލިބިފައިވުން
- ޕްރެޒެންޓޭޝަން ސްކިލްސްހުރި ފަރާތަކަށްވުން
- ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުމާއެކު މުސްތަޤިއްލުކަމާއެކު މަސައްކަތް ކުރެވޭ ފަރާތަކަށްވުން
- ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތަކަށްވުމާއެކު ކަޑައެޅިފައިވާ ސުންގަޑިއަށް މަސައްކަތް ނިންމުމުގެ ޤާބިލްކަން ހުރުން.
- މުއާމަލާތު ކުރުމުގެ ހުނަރު ހުރުން
- ވިސްނުންތެރިކަމާއެކު ޕްރެޝަރުގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ހުރުން
|
ރަސްމީ މަސައްކަތު ގަޑި:
|
- ހެނދުނު 08:00 އިން 16:00 އަށް
|
ހުށަހަޅަންޖެހޭ ލިޔުންތައް އަދި ތަރުތީބް
|
- ވަޒީފާއަށްއެދޭ ފޯމް
- ވަނަވަރު (ސީވީ)
- އައިޑީ ކާޑުގެ ކޮޕީ
- ތަޢުލީމީ ސެޓުފިކެޓުތައް(އިއުލާން ގައި ބަޔާންކޮށްފައިވާ ތަޢުލީމީ ފެންވަރު އަންގައިދޭ ސެޓްފިކެޓުތައް)
- ލިބިފައިވާ ތަމްރީން / ތަޖްރިބާ އަންގާދޭ ލިޔުން (މަޤާމްގެ މަސައްކަތާ ގުޅޭ)
** އީމޭލްއިންނަމަ، މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “PDF” ކޮށްފައެވެ.
- ** ވަކިވަކި ފޮޓޯގޮތަށް ނުވަތަ ވަކިވަކިން ޑޮކިއުމެންޓްތައް އެއް ޑޮކިއުމަންޓަކަށްނުހަދާ އެޓޭޗްކޮށްފައިވާނަމަ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
|
|
މށިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 08 ސެޕްޓެމްބަރ 2024 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
ހާރޑް ކޮޕީ ހުށަހަޅުއްވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް 08 ސެޕްޓެމްބަރ 2024 ވާ އާދިއްތަ ދުވަހުގެ 14:00 އާ ހަމައަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 4 ވަނަ ފަންގިފިލާއިން ބަލައިގަންނާނެއެވެ.
**ސުންގަޑި ހަމަވުމަށްފަހު ލިބޭ އެޕްލިކޭޝަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
|
އިންޓަވިއު:
|
އިންޓަވިއުއަށް ދެންނެވޭނީ، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯރޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
|
ވަޒީފާއަށް އެދޭނެ ގޮތް:
|
|
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކާއި ލިޔެކިއުންތައް ހަމަނުވާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.
- މި ޢިއުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންނަމަ ރަސްމީގަޑީގައި 7924894 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
|