ދިވެހިރާއްޖެ
ނ.ޅޮހި ޓާރފް ފުޓްބޯޅަ ދަނޑު ބޭނުން ކުރުމާ ބެހޭ ޢާންމު އުސޫލު 2024
| ހ. މިއުސޫލަކީ ނ.ޅޮހި ގައި ޤާއިމްކޮށްފައިވާ ޓާރފް ފުޓްބޯޅަ ދަނޑު ރަނގަޅުގޮތުގައި ބޭނުންކުރުމަށާއި ފުޓްބޯޅަކުޅެން ބޭނުންވާފަރާތްތަކަށް ހަމަހަމަފުރުޞަތު ހޯދައިދީ ޒިންމާދާރުކަމާއެކު ދަނޑުބޭނުންކުރާފަރާތްތަކުން އަމަލުކުރުމަށް ބާރުއެޅުމުގެ ގޮތުން މިލަދުންމަޑުލުދެކުނުބުރީ ޅޮހި ކައުންސިލުގެ އިދާރާއިން އެކުލަވައިލެވިފައިވާ އުސޫލެކެވެ. ށ. މި އުސޫލަށް ކިޔާނީ '' ނ.ޅޮހި ޓާރފް ފުޓްބޯޅަ ދަނޑު ބޭނުންކުރުމާއި ގުޅޭ ޢާންމު އުޞޫލު 2024" އެވެ. ނ. މި އުސޫލުގައި ކަނޑައަޅައިފައިވާ ކަންކަން ކުރުމުގައި މި ކަމާ ގުޅިގެން ހަދައިފައިވާ ޤާނޫނުތަކާއި ކަމާބެހޭ ފަރާތްތަކުން ހަދައިފައިވާ ޤަވާއިދުތަކަށް ތަބާވާން ޖެހޭނެއެވެ. | 1- ތަޢާރަފާއި ނަން 
 
 | 
| ހ. މި އުސޫލަށް ޢަމަލުކުރަން ފަށާނީ، މިލަދުންމަޑުލު ދެކުނުބުރީ ޅޮހިކައުންސިލުން މި އުސޫލު ފާސްކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ. ށ. މިއުސޫލަށް ޢަމަލުކުރަން ފެށުމަށްފަހު، މި އުސޫލާއި ޚިލާފަށް ނ.ޅޮހި ޓާރފް ފުޓްބޯޅަ ދަނޑު ބޭނުންކުރުމަކީ މަނާކަމެކެވެ. | 2- ޢަމަލުކުރަން ފަށާ ތާރީޚު | 
| 
 | 
 | 
| 
 | 
 | 
| ހ. މި އުސޫލަށް ޢަމަލުކުރަން ފެށުމާއެކު، ކުޅިވަރުގެ ބޭނުންތަކަށް ޓާފް ދަނޑު ދޫކުރެވޭނީ (1) ކަމިޝަނަރ އޮފް ސްޕޯޓްސް ނުވަތަ މިނިސްޓްރީއޮފް ޔޫތު، ސްޕޯޓުސް އެންޓް ކޮމިޔުނިޓީ އެމްޕަރވަމަންޓް ގައި ރަޖިސްޓްރީވެފައިވާ ކުލަބް ޖަމްޢިއްޔާ ޖަމާޢަތްތަކަށް. (2) ޅޮހި ކައުންސިލުން ރާވާ ހިންގާ މުބާރާތްތަކުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ޓީމުތަކަށް. (3) އެފް.އޭ.އެމް އިން ރާވާ ހިންގާ ޔޫތް ޑިވެލޮޕްމެންޓް ޕްރޮގްރާމުތަކަށް. (4) ޅޮހިކައުންސިލުން ހުއްދަދީގެން ހިންގާ އެކަޑަމީތަކަށް. (5) ޅޮހީސްކޫލްގެ އިންޓަހައުސް ބުޓްބޯޅަ/ފުޓްސަލް މުބާރާތްތަކަށާއި ކުޅިވަރު ޕިއެސްޓަރ ތަކަށާއި ކަސްރަތު ޕްރޮގްރާމްތަކަށް. (6) ނ.ޅޮހި ތަމްސީލުކުރަން މުބާރާތެއްގައި ބައިވެރިވެފައިވާ ޓީމަކުން ޕްރެކްޓިސްކުރުމަށް ނުވަތަ ޕްރެކްޓިސް މެޗްކުޅުމަށް. (7) ނ.ޅޮހިގައި ޤާއިމް ވެފައިވާ ސަރުކާރުގެ އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް. (8) ކަސްރަތުގެ ބޭނުމަށް ދުވެ ހިނގަންދާ ފަރާތްތަކަށް. (9) މީގެ އިތުރުން އެއްވެސް ފަރާތަކުން މެޗެއް ނުވަތަ މުބާރާތެއް އިންތިޒާމްކޮށް ކުރިއަށް ގެންދަން ބޭނުންވާނަމަ ނ. ޅޮހި ކައުންސިލަށް ސިޓީއަކުން ހުށައަޅާއި ފޯމު ފުރުން. (10) ރަށުން ބޭރުގެ ކުލަބް ޖަމްޢިއްޔާ ޖަމާޢަތްތަކާއި ޓީމުތަކަށް މުބާރާތެއް ބޭއްވުމަށް ނުވަތަ ފަރިތަކުރުންތަކެއް ބޭއްވުމަށް، އެކަމަށްއެދި ކައުންސިލްގެ އިދާރާއަށް ލިޔުމުން ހުށައެޅުމާއެކު ދަނޑުބޭނުންކުރުމަށް އެދޭ ފޯމް ފުރިހަމަކުރުމުން ކޮންމެ މެޗަކަށް -/500 ރުފިޔާއަށް. އަދި ފަރިތަކުންފަދަ ޙަރަޚާތްތަކުގައި ހޭދަވާ ކޮންމެ 2 ގަޑި އިރަކަށް -/500 ރުފިޔާއަށް. (11) ނ.ޅޮހި ޓާރފް ފުޓްބޯޅަ ދަނޑު ކުޅިވަރުގެ ޙަރަކާތްތައް ހިންގުމަށް ބައިބަޔަށް ބައިކުރުމުގެ އިޙްތިޔާރު ނ.ޅޮހި ކައުންސިލްގެ އިދާރާއަށް ލިބިގެންވެއެވެ. | 3- ޓާރފް ދަނޑު ބޭނުންކުރެވޭނެ ފަރާތްތައް 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 | 
| 
 | 
 | 
| ހ. މި އުސޫލުގައި ބަޔާންކުރާ ނ.ޅޮހި ޓާފް ފުޓްބޯޅަ ދަނޑު ގައި ތިރީގައިވކަންކަން ކުރުމަކީ މަނާކަމެކެވެ. (1ޅޮހި ފުޓްބޯޅަ ދަނޑުގެ ޓާފު އެޅި ސަރަޙައްދުގައި ކެއުންބުއިން. (2) ދަނޑަށް ވެލި އެޅޭނެ އެއްވެސްކަމެއްކުރުން. (3) ދަނޑުގެ ވަށާފާރުން އެތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން. (4) ދަނޑުގެ ވަށާފާރުން އެތެރޭގައި އަލިފާން ގެންގުޅުން. (5) ދަނޑުގައި ބަހައްޓާފައިވާ އެއްވެސް އެއްޗަކަށް ގެއްލުން ދިނުން ނުވަތަ ހަލާކުކުރުން. (6) ބޯކޮށް ވާރޭ ވެހޭވަގުތު ވާރެތެމި މަޖާކުރުމަށް ދަނޑު ބޭނުންކުރުން. (3) ހިނގާ ފައިވާނާއެކު ވަނުން. (ކުޅެންދާ ފަރާތްތަކުން އަރަންބޭނުންވާ ބޫޓް އަމިއްލަ ދަބަހެއްގައި ގެންދިއުމަށް ސަމާލުކަންދޭންވާނެއެވެ.) (4) ކައުންސިލްގެ ހުއްދަނެތި ޅޮހި ފުޓްބޯޅަ ދަނޑުގައި އެއްވެސް ޙަރަކާތެއް އެއްވެސް ފަރާތަކުން އިންތިޒާމްކޮށް ކުރިއަށް ގެންދިއުން. 
 ހ. މި އުސޫލުގައި ހިމެނިފައިވާ ކަންކަމާ ޚިލާފުވާ ފަރާތްތަކާމެދު، އެހެން ޤާނޫނަކުން ނުވަތަ ގަވާއިދަކުން ވަކިގޮތަކަށް ޢަމަލުކުރުމަށް ކަނޑައެޅިފައިނުވާ ކަންކަމުގައި:- (ހ) ފުރަތަމަފަހަރު ނަސޭހަތްތެރިވުމަށްފަހު ކުށް އިޞްލާޙުކުރުމަށް، ލިޔުމުން އެ ފަރާތަކަށް އެންގޭނެއެވެ. (ށ) ދެވަނަފަހަރު ކުށް ތަކުރާރުކޮށްފިނަމަ، -/500 (ފަސްސަތޭކަ) ރުފިޔާއާއި -/1000 (އެއްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން އެ ފަރާތް ޖޫރިމަނާ ކުރެވޭނެއެވެ. (ނ) ތިންވަނަ ފަހަރު ކުށް ތަކުރާރުކޮށްފިނަމަ، -/1000 (އެއްހާސް) ރުފިޔާއާއި -/3000 (ތިންހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން އެ ފަރާތް ޖޫރިމަނާ ކުރެވޭނެއެވެ. އަދި އިތުރަށް އެފަދަ ފަރާތަކަށް ދަނޑު ދޫނުކޮށް ހިފެހެއްޓުމުގެ ބާރާއި އިހްތިޔާރު ޅޮހިކައުންސިލަށް ލިބިގެންވެއެވެ. 
 (ޅ) މި އުސޫލުގެ ދަށުން ކައުންސިލަށް ދައްކަންޖެހޭ ފައިސާ، މި އުސޫލުގެ 5 ވަނަ ނަންބަރުގެ (ބ) ގެ ދަށުން ހަދައިފައިވާ އެއްބަސްވުމުގައި ބުނާ މުއްދަތުގައި ނުދައްކައިފިނަމަ، މައްސަލަ ޝަރީޢަތަށް ފޮނުވޭނެއެވެ. 
 | 4- ޓާރފް ފުޓްބޯޅަ ދަނޑުގައި ކުރުންމަނާކަންތައްތައް 
 
 
 
 
 
 
 
 
 
 
 
 
 
 
 
 5- އިދާރީ ފިޔަވަޅުއެޅުން | 
| 
 | 
 | 
| 
 ހ. ނ.ޅޮހި ޓާރފް ފުޓްބޯޅަ ދަނޑާއި ދަނޑުގެ ވަށައިގެންވާ ސަރަޙައްދުތަކުގައި އުފެދޭ ކުނި މެނޭޖްކޮށް، ނޮޅާ ސާފުކޮށް ބަލަހައްޓަނީ ނ.ޅޮހި ކައުންސިލުގެ އިދާރާއިން ހަމަޖައްސާ އިންތިޒާމެއްގެ ދަށުންނެވެ. ށ. ނ.ޅޮހި ޓާރފް ފުޓްބޯޅަ ދަނޑުގައި އެކި ފަރާތްތަކަށް ހުއްދަ ދެވިގެން ހިންގޭ ޙަރަކާތްތަކުގައި އުފެދޭ އެންމެހާ ކުނި، ނ.ޅޮހި ކުނި މެނޭޖްކުރުމުގެ އުޞޫލާއި އެއްގޮތަށް މެނޭޖްކުރުމަކީ އެ ޙަރަކާތެއް ހިންގި ފަރާތެއްގެ ޒިންމާއެކެވެ. 
 ހ. މި އުސޫލާއި ޚިލާފު ވެއްޖެ ނަމަ، އެ މައްސަލައެއް ނިންމާނީ، އެ ކަމުގެ ކުޑަބޮޑުމިނަށް ބަލައިގެން، ނ.ޅޮހީ ކައުންސިލުގެ އިދާރާއިންނެވެ. މި ގޮތުން ނިންމާ މައްސަލަތަކުގައި ކަމާއި ގުޅުންހުރި މުއައްސަސާތަކުގެ މަޝްވަރާ ހޯދަން ޖެހިއްޖެ ނަމަ، އެ ތަންތަނުގެ މަޝްވަރާ ހޯދުމާއި، ޝަރީޢަތަށް ފޮނުވަން ޖެހިއްޖެ ނަމަ، ޝަރީޢަތަށް ފޮނުވުން ހިމެނެއެވެ. | 
 6- ޓާރފް ފުޓްބޯޅަ ދަނޑުގައި އުފެދޭ ކުނި މެނޭޖްކުރުން. 
 
 
 
 
 
 7- ޤަވާއިދާ ޚިލާފުވުން | 
| 
 | 
 | 
| ހ. މި އުސޫލުގައި ވަކިކަމެއް ކުރުން މަނާކޮށްފައިނުވާ ކަންކަން، ދިވެހިރާއްޖޭގެ ޤާނޫނުތަކުން ބާރުލިބިގެން ހަދައިފައިވާ އެހެން ގަވާއިދަކުން މަނާކޮށްފައިވާނަމަ، އެ ކަމެއް މި އުސޫލުގެ ދަށުން މަނާވާނެއެވެ. ށ. މި އުސޫލު ހިންގައި ތަންފީޒުކުރުމާއި، މި އުސޫލަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމުގެ ބާރު ލިބިގެންވަނީ ކައުންސިލަށެވެ. ނ. މި އުޞޫލުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ އެކަމެއް ނިންމާނީ ނ.ޅޮހި ކައުންސިލުންނެވެ. 
 | 8- އުސޫލުގައި ނެތް ކަމެއް ދިމާވުން ނުވަތަ އުސޫލަށް ބަދަލުގެނައުން | 
| 
 | 
 | 
.
 
                    