މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ކިއު ސިސްޓަމެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން

ތިރީގައި ދެވިފައިވާ މަޢުލޫމާތާ އެއްގޮތަށް މިމިނިސްޓްރީއަށް ކިއު ސިސްޓަމެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ކިއު ސިސްޓަމް

1. 3 ސީކުއެންސްއަކުން ކިއު ނަންބަރު ޖެނެރޭޓް ކުރެވުން

2. 4 ރޯއަށް މެއިން ޑިސްޕްލޭއިން އެންމެ ފަހުން ޖެހިފައިހުރި ކިއު ފެންނަ ގޮތަށް ހުރުން

3. ކަސްޓަމަރުންނަން ކިއު ނަންބަރު ދޫކޮށް މަދުވެގެން 10 ކައުންޓަރުން ކިއު ނަންބަރު އެރުވޭނެ އިންތިޒާމެއް ހަމަޖެހުން

4. ކިއުސިސްޓަމް ތިރީގައި މިދަންނަވާ ކަންތައް ފުރިހަމަވާންޖެހޭނެއެވެ.

             4.1 ކިއު ނަންބަރު ޕްރިންޓް ކުރާނެ ޕްރިންޓަރެއް

             4.2 ކިއު ޕްރޮސެސިން ޔުނިޓް

             4.3 ކައުންޓަރުތަކުން ކިއު ނަންބަރު ބަދަލު ކުރުމުގެ އިންތިޒާމު

             4.4 މެއިން ޑިސްޕްލޭ ޔުނިޓެއް

             4.5 ކިއު ނަންބަރު ނެގުމުގެ އިންތިޒާމު

             4.6 އެޅިފައިވާ ވިއުގައަކުން ސިސްޓަމް މަސައްކަތް ކުރުން.

ވީމާ، ކިއު ސިސްޓަމް ސަޕްލައިކޮށްދޭން ބޭނުންވާ ފަރާތްތަކުން 10 ޖޫން 2015 ވާ ބުދަ ދުވަހުގެ 14:30 އަށް މިނިސްޓްރީގެ މީޓިންގރޫމަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަތީގައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ހުށަހަޅާ ޕްރޮޕޯޒަލްގައި ސިސްޓަމްގައި ހިމެނޭ ޔުނިޓްތަކުގެ ތަފުސީލާއި، ސިސްޓަމް މަސައްކަތް ކުރާނެ ގޮތުގެ ޑައިގްރާމް އަދި ސިސްޓަމްގެ ސްޕެސިފިކޭޝަންސް ހުންނަންޖެހޭނެއެވެ. މި ތަފުސީލުތައް ނެތް ޕްރޮޕޯޒަލްތަކަށް އިވެލުއޭޓް ކުރުމުގައި މާކްހެއް ނުދެވޭނެއެވެ.

މަސައްކަތް ހަވާލުކުރާނެ ފަރާތެއް ހޮވުމުގައި މާކްސް ދޭނެ މިންގަނޑު

01. މަސައްކަތުގެ އަގު........................................ %50

02. ހުށަހެޅިފައިވާ މުއްދަތަށް................................ %40

03. ވޮރަންޓީ................................................... % 10

16 ޝަޢުބާން 1436

03 ޖޫން 2015
ހޯދާ