ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު
ދިވެހިރާއްޖެ
" ތަޙްސީނުއްތިލާވާ " ޕްރޮގްރާމްއެއް ފެށުމަށް

                 ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން އިންތިޒާމް ކޮށްގެން ގްރޭޓާ މާލެ ސަރަހައްދުގައިވާ މިސްކިތްތަކުގެ ދާއިމީ އަދި ވަގުތީ އިމާމުންނާއި މުދިމުންނަށް އަމާޒުކޮށްގެން " ތަޙްސީނުއްތިލާވާ " ޕްރޮގްރާމްއެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ 08 ސެޕްޓެމްބަރ 2024 އިން 26 ސެޕްޓެމްބަރ 2024 ގެ ނިޔަލަށް 3 ހަފްތާގެ މުއްދަތަށެވެ. ކިޔެވުން ކުރިއަށް ގެންދާނީ ކުލާހަށް ހާޟިރުވެގެން ހަފްތާއަކު 5 ދުވަހު، ދުވާލަކު 2 ގަޑި އިރުއެވެ. ކުލާސް އޮންނާނީ ހެނދުނު 09:00 އިން 11:00 އަށް ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރްކަޒުގައެވެ. މި ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންނަށް ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ހަނދާނީ ލިޔުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 06 ސެޕްޓެމްބަރ 2024 ވާ ހުކުރު ދުވަހުގެ 18:00 ކުރިން ތިރީގައިވާ ގޫގުލް ފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހެޅުން އެދެމެވެ.

މިފަހަރު މި ޕްރޮގްރާމްގައި 20 އިމާމުން ބައިވެރި ކުރަން ވަނީ ހަހަމަޖެހިފައެވެ. އެންމެ ފުރަތަމަ އެޕްލައިކުރާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

 https://forms.gle/b569xEv2NgLN2QNp9

28 އޮގަސްޓް 2024
ހޯދާ