ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފެނާއި، ނަރުދަމާގެ ޚިދުމަތަށް އެދި ހުށަހެޅުން
މިކައުންސިލްގެ ނަންބަރ: (IUL)407-EC407/407/2023/23 (04.06.2023) އިޢުލާންގައި ދެންނެވިފައިވާ ގޮތުގެ މަތިން، މިރަށުގެ މަގުތަކުގައި ތާރުއެޅުމުގެކުރިން ކުރަންޖެހޭމަސައްކަތްތައް މިހާރު ކުރަމުންގެންދާތީ ތާރުއެޅުމުގެ ކުރިން ފެނާއި، ނަރުދަމާގެ ޚިދުމަތް އެއްގޮތަކަށްވެސް ފޯރުކޮށްދެވިފައި ނުވާ ފަރާތްތަކާއި، އަދި މިޚިދުމަތް ފޯރުކޮށްދެވިފައިވާ ފަރާތްތަކުން އިތުރު ކަނެކްޝަން ބޭނުންވާނަމަ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ފެށުމުގެކުރިން ފެނަކަ / ގއ. ވިލިނގިލީ އިންޖީނުގެއަށް ހުށަހަޅުއްވައިގެން 20 ސެޕްޓެމްބަރ 2024 ވަނަ ދުވަހުގެ ކުރިން މިހިދުމަތް ހޯއްދެވުމަށް އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ. މިގޮތަށް މިދެންނެވީ މަގުތަކުގައި ތާރުއެޅުމަށް ފަހު މި ޚިދުމަތް ފޯރުކޮށް ދިނުމުގައި ވަރަށް ބޮޑެތި ދަތިތައްކުރިމަތިވާނެތީއެވެ.
28 އޮގަސްޓް 2024
ހޯދާ