ޖުޑިޝަލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
މި ކޮމިޝަންގެ މެންބަރުންނާއި ޑިޕެންޑެންޓުންގެ ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ

މިކޮމިޝަންގެ މެންބަރުންނާއި އެ މެންބަރުންގެ އަނބި/ފިރި އަދި އުމުރުން 18 އަހަރު ނުފުރޭ ދަރީންނަށް 05 އަހަރުދުވަހަށް ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން  މި އިޢުލާނާއި އެކު މިވާ މަޢުލޫމާތާއި އެއްގޮތަށް 10 ސެޕްޓެމްބަރ 2024 ވާ ބުދަ ދުވަހުގެ 10:00 އަށް ކޮމިޝަނަށް ވަޑައިގެން  އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ގަޑިއަށް ހާޒިރުނުވާ ފަރާތްތަކާއި މަޢުލޫމާތު ފުރިމަނުވާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެވާހަކަ ދެންނެވީމެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންނަމަ 03 ސެޕްޓެމްބަރ 2024 ވާ އަންގާރަ ދުވަހު ގެ 14:00 ގެ ކުރިން [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.

 

24 ޞަފަރު  1446

28 އޮގަސްޓް 2024
ހޯދާ