ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަރިކައިން ލިބެންއޮތް ބިމެއް ދޫކޮށްލިކަށް އެނގޭނޭ ލިޔުން ހުށަހެޅުމާއި ގުޅޭ،

      ކުޑަހުވަދޫން  ދިރިއުޅުމަށްޓަކައި   ބަންޑާރަގޯތި   ދޫކުރުމަށް   ކޮށްފައިވާ   މިއިދާރާގެ  ނަންބަރު: D-381/IUL/2022/59 ( 30 އޯގަސްޓް 2022) ގެ އިޢުލާނާ ގުޅިގެން، ގޯތި ލިބިފައިވާ ފަރާތްތަކުގެ (ގުރުއަތުން ގޯތިލިބިފައިވާ ފަރާތްތައް) ތެރެއިން، ގޯތިދޫކުރުމަށް އާއްމުކޮށްފައިވާ ގައިޑްލައިންގެ 7ވަނަ ނަންބަރުގައިވާ ކަންކަން ފުރިހަމަކުރަންޖެހޭ ފަރާތްތަކުން، އެކަންކަން ފުރިހަމަ ކުރުމަށްޓަކައި ހުށަހަޅަންޖެހޭ ލިޔުންތައް ކަމާގުޅޭ ޢިދާރާއަކަށް ހުށަހެޅިކަން އަންގައިދޭ ލިޔުން ހުށަހެޅުމަށް މިއިދާރާގެ ނަންބަރު:D-381/IUL/2024/31(11 އޭޕްރީލް 2024) ގެ އިޢުލާނުން ދީފައިވާ މުއްދަތު 2024 ޖޫން 24 ގެ 14:00 ށް ވަނީ ހަމަވެފައެވެ. ނަމަވެސް ބައެއްފަރާތްތަކުން، މައްސަލަ ކޯޓަށް ހުށަހެޅިކަމުގެ ލިޔުން މިއިދާރާއަށް ހުށައެޅިފައި ނުވާތީ، އެލިޔުން ހުށަހެޅުމުގެ ފުރުސަތަކަށް އެދެމުންދެއެވެ.

            ވީމާ ދަންނަވަމެވެ. މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި (2024 ޖޫން 24 ގެނިޔަލަށް)، މިދެންނެވި މައްސަލަ ހައްލުކުރުމަށްޓަކައި ޝަރުއީ އެއްވެސް ކޯޓަކަށް ނުވަތަ ކައުންސިލަކަށް ހުށަހަޅާފައިވާނަމަ، އެކަން އަންގައިދީ، އެ ހުށަހެޅި އިދާރާއަކުން ދީފައިވާ ރަސްމީލިޔުން 2024 ސެޕްޓެމްބަރ 12 ވަނަ ދުވަހުގެ 14:00ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މި މުއްދަތުގައި ލިޔުން ހުށަނާޅާ ފަރާތްތަކަށް އިތުރުފުރުސަތެއް ދެވެން ނޯނާނެވާހަކަ ދަންނަވަމެވެ.

27 އޮގަސްޓް 2024
ހޯދާ