ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ނާރެސް ޕޯޓަލްގައި ބިދޭސީ މަސައްކަތްތެރީން ރަޖިސްޓްރީ ވުމާއިގުޅޭ
ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކްސް އެއްކުރުމުގެ ގޮތުން ނާރެސް ޕޯޓަލްގައި ރަޖިސްޓްރީވުމަށް ވަނީ ހުޅުވާލެވިފައެވެ. މި ރަށުގައި މަސައްކަތްކުރާ ބިދޭސީން، 30 ސެޕްޓެންބަރު 2024 ވާ ހޯމަ ދުވަހުގެ ކުރިން ކައުންސިލް އިދާރާއަށް ވަޑައިގެން ޕޯޓަލްގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ. މި މަސައްކަތް ކުރިއަށްދާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 12:00 އަށް ކަމުގައި ދަންނަވަމެވެ. މިކަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަން (ފޯން:6500215) އަށް ގުޅުއްވުން އެދެމެވެ. ރަޖިސްޓްރީވުމަށް ވަޑައިގަންނަވާއިރު ބިދޭސީންގެ ޕާސްޕޯޓް ކޮޕީ ނުވަތަ ވޯރކް ޕާރމިޓް އޮތްނަމަ ގެންނެވުން އެދެމެވެ. ވީމާ މިކަން އާންމުކޮށް އަންގާ ޢިއުލާން ކުރީމެވެ.
28 އޮގަސްޓް 2024
ހޯދާ