މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅުވެހި އިމާރާތުގެ ގޭޓް ހަދައި ހަރުކުރުމުގެ މަސައްކަތް

 

ޕްރޮޖެކްޓް ނަންބަރ:

PC-227/2024/W-09

އިޢުލާން ނަންބަރު:

 (IUL)227-AD-PM/227/2024/39

 

 

ކޯޓޭޝަން ހުށައެޅުމުގެ ދަޢުވަތު

  1. މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އަތޮޅުވެހި އިމާރާތުގެ ގޭޓް ހަދައި ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް  ހޯދަން ބޭނުންވެ  ކުރެވުނު އިޢުލާން ނަންބަރ (IUL)227-AD-PM/227/2024/36 (11 އޮގަސްޓް 2024) އާއި ގުޅިގެން އެއްވެސް ފަރާތަކުން ކޯޓޭޝަން ހުށައަޅާފައި ނުވާތީ، އެ އިޢުލާން ބާތިލްކޮށް މި މަސައްކަތަށް އަލުން ކޯޓޭޝަން ހުށައެޅުމަށް ހުޅުވާލަމެވެ. ވީމާ، މިމަސައްކަތަށް ކޯޓޭޝަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިދާރާގެ ވެބްސައިޓުން (shaviyani.gov.mv)  ‏2024‏ އޮގަސްޓް‏ 27ން ފެށިގެން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
  3. މި މަސައްކަތާއި ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ.
  4. ކޯޓޭޝަން ހުށައެޅުން އޮންނާނީ  ‏2024‏ ސެޕްޓެމްބަރ‏ 29ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00ގައި މިއިދާރާގައެވެ. އީމެއިލް އަދި ފެކްސް މެދުވެރިކޮށް ހުށައެޅޭ ކޯޓޭޝަންތަކާއި ކަނޑައެޅިފައިވާ ތާރީޚާއި ގަޑީގެ ކުރިން ހުށައެޅޭ ކޯޓޭޝަންތައް ބަލައެއް ނުގަނެވޭނެއެވެ.
  5. ހުށައަޅާ ކޯޓޭޝަންތައް ވަޒަންކުރާނޭ މިންގަނޑާއި، ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
  6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މިލަދުންމަޑުލުއުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ/ މިނިވަންހިނގުން، ށ.ފުނަދޫ، ދިވެހިރާއްޖެ.

ފޯން:       6540400، 6540463

އީމެއިލް:     [email protected]

ކޮޕީ:        [email protected]

 

‏26‏ އޮގަސްޓް‏ 2024

 

26 އޮގަސްޓް 2024
ހޯދާ