ވަޒީފާގެ ފުރުޞަތު
|
މަޤާމް:
|
އޮފިސަރ
|
ވަޒީފާގެ ދާއިރާ:
|
ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް މާރކެޓިންގ ޑިޕާރޓްމަންޓް
|
ބޭނުންވާ ޢަދަދު:
|
01
|
އަސާސީ މުސާރަ އާއި އެހެނިހެން އެލަވަންސް:
|
-/8,000ރ އާއި -/15,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)
|
ފެންވަރު ނުވަތަ ޝަރުޠު:
|
- ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުގެ 02 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން ނުވަތަ؛
- ޖީ.ސީ.އީ އޯލެވެލް ފެންވަރަށް ތައުލީމް ޙާޞިލްކޮށްފައިވުމާއި އެކު މާރކެޓިންގއާއި ގުޅުންހުރި ދާއިރާއިން ޑިޕްލޮމާ އެއް ޙާޞިލްކޮށްފައިވުން ނުވަތަ؛
- ޖީ.ސީ.އީ އޯލެވެލް ފެންވަރަށް ތައުލީމް ހާސިލްކޮށްފައިވުމާއި އެކު މާރކެޓިންގއާއި ގުޅުންހުރި ދާއިރާއިން ލެވެލް 04 ގެ ސެޓްފިކެޓެއް ހާސިލްކޮށް މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- މާރކެޓިންގ ޔުނިޓްގެ މަސައްކަތްތަކާއި ހުށަހެޅޭ ޚިޔާލު ތަކަށް ބިނާކޮށް މާރކެޓިންގ ކޮންސެޕްޓް ތައްޔާރު ކުރުމަށް އެހީތެރިވުން.
- މާރކެޓިންގ ޔުނިޓްގެ މަސައްކަތްތަކަށާއި ކުންފުނީގެ ޚާއްޞަ އިވެންޓްތަކަށް ފޮޓޯ، ވީޑިޔޯ، ލޭއައުޓް އަދި ގްރެފިކް ޑިޒައިނިންގ މަސައްކަތްތައް ކުރުން.
- އެކި އެކި މާރކެޓިންގ ކޮންސެޕްޓްތަކާއި ގުޅޭ އައު މައުލޫމާތު އުގެނި، އުގެނިފައިވާ ގޮތަށް މާރކެޓިންގ މަސައްކަތްތައް ރާވާ ޚިޔާލު ފާޅު ކުރުން
- މާރކެޓިންގ ޓީމް އާއިއެކު ކުންފުނީގެ މާރކެޓިންގ މަސައްކަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ނިންމުމަށް މަސައްކަތް ކުރުން.
- ކުންފުނީގެ އެކި އިވެންޓްތުގައި ކުންފުނި ޕްރޮމޯޓްކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއްކުރުން
- ޑިޕާރޓްމަންޓްގެ ފަރާތުން ހިންގާ އެކި އެކި ޕްރޮމޯޝަނަލް މަސައްކަތްތަކާއި ކެމްޕެއިން ތަކުގެ މާރކެޓިންގ މަސައްކަތްތައް ކުރުން.
- މާރކެޓިންގ ކޮލަޓްރަލް އެކުލަވާލުމަށް އެހީތެރިވުން އަދި ދެމެހެއްޓުމަށް މަސައްކަތް ކުރުން.
- މާރކެޓިންގ އާއި ގުޅުންހުރި މީޓިންގތައް ރޭވުމަށް އެހީތެރިވެ، މާރކެޓިންގ ޓީމްއާއި އެކު ސްޓެލްކޯގެ ލަނޑުދަނޑި ތަކާއި އެއްގޮތަށް ސްޓެލްކޯ ބްރޭންޑް ދެމެހެއްޓުމަށް މަސައްކަތް ކުރުން
- އަދި މާރކެޓިންގ ޔުނިޓް ހިންގަވަން ހުންނަވާ ވެރިއެއްގެ އިރުޝާދުގެ ދަށުން މަޤާމާއި ގުޅުންހުރި މަސައްކަތް ކުރުން
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:
|
02 ސެޕްޓެންބަރު 2024 ވަނަ ދުވަހުގެ 15:00 ގެ ކުރިން
|
ސުންގަޑި:
|
މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 02 ސެޕްޓެންބަރު 2024 ވަނަ ދުވަހުގެ 15:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.
|
އިންޓަވިއު:
|
އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.
|
ހުށަހަޅަން ޖެހޭ ލިޔުން:
|
1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
|
އިތުރު މަޢުލޫމާތު:
|
- މިވަޒީފާއަކީ 06 މަސް ދުވަހުގެ ކޮންޓްރެކްޓަށް ނެގޭ ވަޒީފާއެކެވެ. އަދި 06 މަސް ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަލައި ރަނގަޅުނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
- މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
- މިމަޤާމްތަކަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ނުވަތަ ޝަރުތު ހަމަވެ ޝޯޓްލިސްޓް ވާ ފަރާތްތަކާއި އިންޓަވިއުކޮށް ޝޯޓްލިސްޓް ވި ފަރާތްތަކުގެ ތެރޭގައި ވަޒީފާއަށް އެކަށީގެންވާ ފަރާތެއް ނެތް ނަމަ ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
|
23 ޞަފަރު 1466
27 އޮގަސްޓު 2024
|