މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
ކަނޑު އުޅަނދެއްގެ ކުޑަ ދޮރުތައް ބަދަލުކުރުމަށް އައު ދޮރުތަކެއް ހަދާ އެ ދޮރުތައް އެ އުޅަނދުގައި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

އަންދާސީހިސާބުބޭނުންވެއްޖެ.

ކަނޑު އުޅަނދެއްގެ ކުޑަ ދޮރުތައް ބަދަލުކުރުމަށް އައު ދޮރުތަކެއް ހަދާ އެ ދޮރުތައް އެ އުޅަނދުގައި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިކަމަށް މީގެ ކުރިން ކުރި މިމިނިސްޓްރީގެ ނަންބަރު (IUL)28-FA-1/1/2024/76 އިޢުލާނާއި ގުޅިގެން ހުށަހެޅި އަންދާސީހިސާބުތައް އެކަށީގެންވާ ނުވާތީ އެ އަންދާސީހިސާބުތައް ބާޠިލްކޮށް، މިކަމަށް އައު މަޢުލޫމާތު ޝީޓެއް ތައްޔާރުކޮށް، އަލުން އިޢުލާންކުރީމެވެ.

މި މަސައްކަތާއި ގުޅޭ އައު މަޢުލޫމާތު ޝީޓް މި އިޢުލާނާއެކު ޝާޢިއުކޮށްފައިވާނެއެވެ. މި މަޢުލޫމާތު ޝީޓަށް އެއްވެސް ބަދަލެއް މި ވުޒާރާގެ ފަރާތުން ގެންނަނަމަ އެ ބަދަލެއް ހިމެނޭ މަޢުލޫމާތު ޝީޓް މި ވުޒާރާގެ ވެބްސައިޓްގައި ޝާޢިއުކުރެވޭނެއެވެ. ވީމާ، މި އިޢުލާނައި ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވުމުގެ ކުރިން، މި ކަމާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު މި ވެބްސައިޓް މެދުވެރިކޮށް ހޯއްދެވުންއެދެމެވެ. މި މަސައްކަތާއި ގުޅޭ ގޮތުން އެއްވެސް މަޢުލޫމާތެއް އޮޅުންފިލުއްވުމަށް ބޭނުންފުޅުވާނަމަ ތިރީގައިވާ އީމެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވައިދެއްވުންއެދެމެވެ.

މި ކަމަށް އަންދާސީހިސާބު ހުށަހަޅުއްވާނީ 08 ސެޕްޓެމްބަރ 2024 ވަނަ ދުވަހުގެ 10:00 އަށް މި ވުޒާރާ އަށް ހާޟިރުވެއެވެ. އަންދާސީހިސާބާއެކު ބިޑް ސެކިއުރިޓީގެ ގޮތުގައި 450.00ރ (ހަތަރު ސަތޭކަ ފަންސާސް ރުފިޔާ) ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅުއްވަން ޖެހޭނެއެވެ. ބިޑް ސެކުރިޓީގެ މުއްދަތަކީ 08 ސެޕްޓެމްބަރ 2024 ވަނަ ދުވަހުން ފަށައިގެން 90 (ނުވަދިހަ) ދުވަހެވެ. ބިޑް ސެކިއުރިޓީ އާއި ގުޅޭ އިތުރު މަޢުލޫމާތު މިކަމަށް ތައްޔާރުކޮށްފައިވާ މަޢުލޫމާތު ޝީޓްގައި ހިމަނާފައިވާނެއެވެ.

 

  • އީމެއިލް އެޑްރެސް: [email protected]
  • ފޯން: 3327881 (ރަސްމީ ދުވަސް ދުވަހު 09:00 – 13:00)
  • ވެބްސައިޓް: https://bit.ly/3m9zDGW

 

‏23‏ ޞަފަރު‏ 1446

‏27‏ އޮގަސްޓް‏ 2024

 

 

 
27 އޮގަސްޓް 2024
ހޯދާ