ދިވެހިރާއްޖެ
އެކްސްޓަރނަލް އޮޑިޓްގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމާބެހޭ
މި އޮފީހާއި މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ 3 އަހަރު ދުވަހުގެ މާލީ ބަޔާންތައް އޮޑިޓް ކުރުމަށް ބޭނުންވާތީ، ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ އޮޑިޓަރ ޖެނެރަލްގެ އޮފީހުން 'އޭ' ކެޓަގަރީގެ ލައިސަންސް ލިބިފައިވާ އޮޑިޓް ފާމްތަކަށް މިކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:
ތާރީޚު: 11 ޖޫން 2015 ވާ ބުދަ ދުވަހުގެ މެންދުރުފަހުގެ 15:00 ގައި
ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ޕްރޮޕޯޒަލް ބަލައިގަތުން:
ތާރީޚު: 25 ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 13:00 ގައި
ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުއްވޭނެއެވެ. މިކަމާބެހޭ އިތުރު ތަފުސީލު ހިމެނޭ މަޢުލޫމާތު ސިޓީ މިއޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
މިއިޢުލާނާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ފޯނު ނަންބަރު 1441 އާ ގުޅުއްވުން އެދެމެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
އަމީނީމަގު 20379
މާލެ، ދިވެހިރާއްޖެ
ފޯން ނަންބަރ: 1441
ފެކްސް: 3307759
އީމެއިލް: [email protected]
21 ޝަޢުބާން 1436