މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްމާރުކޭޓް އެޅުމާގުޅޭ

އިޢުލާނު 

މަސް މާރުކޭޓު އެޅުމާ ގުޅޭ

ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ތުޅާދޫގައި ހިންގުމަށް ހަމަޖެހިފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން މަސް މާރުކޭޓު އެޅުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ. މި މަޝްރޫޢު ކުރިއަށް ގެންދަން ބޭނުންވާގޮތުގެ ކޮންސެޕްޓް ކަރުދާސް މި އިޢުލާނާއެކު ޢާންމުކޮށްފައިވާނެއެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި 2024 ސެޕްޓެންބަރު 08 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިއިދާރާގެ ކައުންޓަރުންނާއި އީމެއިލްގެ ޒަރީއާއިންވެސް ޕްރޮޕޯސަލް ހުށަހެޅޭނެއެވެ. އީމެއިލް ކުރައްވާނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.  

27 އޮގަސްޓް 2024
ހޯދާ