ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ޔުނިފޯމް ތައްޔާރުކޮށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

1. ޕްރޮޖެކްޓް ނަންބަރު: PC-410/2024/G-07

2. ދާންދޫ ކައުންސިލްގެ ޔުނިފޯމް ތައްޔާރުކޮށް ސަޕްލައިކޮށް ދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

3. މި ބިޑްގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ވިޔަފާރިކުރާ ދިވެހި ފަރާތަކަށެވެ.  

4. މި މަސައްކަތައް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ އިވެލުއޭޓްކުރެވޭ ކްރައިޓީރިއާގައިވާ އުޞޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ތިރީގައި މިވަނީއެވެ.

  • އަގު % 70
  • ތަޖުރިބާ % 10
  • މުއްދަތު % 20

5. މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މި އިދާރާގެ ވެބްސައިޓް:   www.dhaandhoo.gov.mv ގައި، ތިރީގައިމިވާ ލިންކް މެދުވެރިކޮށް 27 އޮގަސްޓް 2024 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބިޑާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް މިއިދާރާ މެދުވެރިކޮށް ހޯދުމަކީ ބިޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. 

ބިޑް ލިޔެކިޔުންތައް ޑައުލްލޯޑް ކުރާ ލިންކް:  https://dhaandhoo.gov.mv/dv/publications.php

6. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވެވޭނީ، ބިޑްގައި ރަޖިސްޓްރީ ވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، އައިޑީ ނަންބަރު، ފޯންނަންބަރާއި އީ-މެއިލް އެޑްރެސް ތިރީގައި މިވާ ލިންކް މެދުވެރިކޮށް 08 ސެޕްޓެމްބަރ 2024 ވާ އާދީއްތަ ދުވަހުގެ 10:00ގެ ކުރިން، ފޮވުވުމުންނެވެ.

ބިޑްގައި ރަޖިސްޓްރީ ވުމަށް ފުރިހަމަ ކުރަންޖެހޭ ފޯމްގެ ލިންކް: 

https://forms.gle/XJbJ3v9D3oZi5uHJA

7. މި މަސައްކަތާއި ބެހޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް އޮންނާނެއެވެ. އެ ސެޝަން އޮންނާނީ 09 ސެޕްޓެމްބަރ 2024 ވާ  ހޯމަ ދުވަހުގެ 13:00ގައި މިއިދާރާގައެވެ. މިސެޝަނުގައި ބައިވެރި ނުވި ނަމަވެސް ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.

8. މި ޔުނިފޯމް ތައްޔާރުކޮށްދިނުމަށް ބިޑް ރަޖިސްޓްރީ ކުރި ފަރާތްތަކުން އެފަރާތުގެ ޔުނިފޯމް ތައްޔާރުކުރާ ފޮތީގެ ސާމްޕަލް ދެވޭ މައުލޫމާތާއި އެއްގޮތަށް ކޮންފަރާތެއްގެ ސާމްޕަލްކަން އިނގޭ ގޮތަށް ބިޑް ސަބްމިޓް ކުރުމުގެ 1 ދުވަސް ކުރިން ކައުންސިލުން އަންގާ ފަރާތަކާއި ހަވާލުކުރަންވާނެއެވެ.

9. ބިޑް ހުށަހެޅުން، ބިޑް ހުޅުވުން އޮންނާނީ 12 ސެޕްޓެމްބަރ 2024 ބުރާސްފަތި ދުވަހުގެ 13:00ގައި މިއިދާރާގެ ކޮންފަރެންސް ހޯލުގައި އޮންލައިންކޮށް ބާއްވާ މީޓިންގައެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރެއިން ބިޑް މީޓިންގއަށް ހާޒިރުވާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އޮންނާނެއެވެ. އެހެން ނަމަވެސް އެފަދަ ފަރާތްތަކަށްވެސް ބިޑް ހުށަހެޅުމުގެ ފުރުސަތު ދެވޭނީ އޮންލައިން ޒަރީއާއިންނެވެ. އެހެންކަމުން އެކަމަށް ސަމާލުކަން ދިނުމަށް ދަންނަވަމެވެ.

10. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

    ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ

    ހޭރިޔާމަގު، ގއ.ދާންދޫ، ދިވެހިރާއްޖެ،

    ފޯން  : 6820026، 7330026

    އީމެއިލް : [email protected]

 

މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

27 އޮގަސްޓް 2024
ހޯދާ