ދިވެހިރާއްޖެ
އިޢުލާން
ތިރީގައިވާ ގޯއްޗަކީ ތިނަދޫގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް ކަމުގައި ވިޔަސް މި ގޯތި ގިނަ ދުވަސްތަކެއް ވަންދެން ސާފުނުކޮށް އިންފާރުނުރާނާ ވަރަށް ބޮޑަށް ވައުވެފައިވާ ގޯއްޗެއްކަން ކައުންސިލަށް ފާހަގަ ކުރެވެއެވެ. އަދި އެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށް މި ގޯތީގެ ސަބަބުން އުދަނގޫ ވެގެން މި ކަމުގެ ޝަކުވާ މި ކައުންސިލަށް ކެނޑިނޭޅި ލިބެމުންދާކަން ފާހަގަކުރަމެވެ. ވުމާއެކު މި ގޯތީގެ ވިނަ ނޮޅައި ގޯތި ސާފުކޮށް އިންފާރުރާނާފައި ބޭއްވުމަށް މި ގޯތި ޙަވާލު ކޮށްފައިވާ ފަރާތަށް އަންގަމެވެ. އަދި މިއަދު 27 އޮގަސްޓް 2024 އިން ފެށިގެން 07 ދުވަހުގެ ތެރޭގައި މި ގޯތި ސާފު ނުކޮށްފިނަމަ ތިޔަ ފަރާތުން މި ގޯތި ވަކިކުރުމުގެ ޢަމަލީ މަސައްކަތްތައް މި ކައުންސިލުން ކުރާނެ ވާހަކަ ވެސް ދަންނަވަމެވެ. މި ދެންނެވި ގޯތީގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.
ބްލޮކް ނަމްބަރ L-19
ގޯތީގެ ނަން |
ގޯތީގެ ނަންބަރ |
ގޯތި ދޫކޮށްފައިވާ ފަރާތުގެ ނަން |
ގޯތި ދޫކޮށްފައިވާ ފަރާތުގެ ދާއިމީ އެޑްރެސް |
ގްރީންފްލާވަރ |
L-19/01 |
އިބްރާހީމް މަނިކު |
ގްރީންފްލާވަރ / ގދ. ތިނަދޫ |
މިހެންވެ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެއެވެ.