ދިވެހިރާއްޖެ
މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތައް ރިޔާތުނޑި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތް ފުރިހަމަ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ތިރީގައި މިވަނީއެވެ.
- ހަޓްގެ ފުރާޅުގައި ފަތިހަރުކޮށް ފަންޖެހުން...
- ހަޓްގެ ފްރޭމްގައި ކަޅު ދަވާދުލުން..
- މިހާރު ހުރި ލައިޓްތަކުގެ ބަދަލްގައި އައު ލައިޓް ހަރުކުރުން ( ލައިޓް ފޯރުކޮށްދޭނީ މިކައުންސިލުން)
- ބީޗްގެ ފެންވަރާ މުޑީގެ 3ޝަވަރ ބަދަލްކޮށް މަރާމާތު ކުރުން..
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2024 ސެޕްޓެމްބަރ 01 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް ކޯޓޭޝަން މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ދެންނެވުނު ވަގުތުގެ ކުރިން މިއިދާރާއަށް ވަޑައިގެން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. މަސައްކަތް ކުރައްވާނެ ފަރާތެއް ހޮވުމުގައި ބަލާނީ ހުށަހަޅާއަގަށް %95، މުއްދަތަށް %5 ހޯއްދަވައިގެން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކަށެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު 6780034 އަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.