|
1. ބީލަންރަޖިސްޓަރީކުރުން
|
- ބީލަން ހުށަހަޅާ ފަރާތުން، ބީލަން ރަޖިސްޓަރީ ކުރަންވާނެއެވެ. ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ ފޯމް މިއިދާރާގެ ކައުންޓަރުންނާއި، ދިވެހި ދައުލަތުގެ ގެގެޒެޓްގައި މިއިއުލާނާ ހިމެނޭ ޖާގައިގައި ވާ ލިންކުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ނުވަތަ ތިރީގައިވާ ލިންކުންވެސް ރަޖިސްޓަރީ ކުރެވޭނެއެވެ.
- އޮންލައިންކޮށް ރަޖިސްޓަރީވާނެ ލިންކު: https://forms.office.com/r/sPMT413d3M
- ރަޖިސްޓަރީ ކުރުމުގެ މުއްދަތު: 27 އޯގަސްޓް 2024 ން 02 ސެޕްޓެމްބަރ 2024، 13:00 ށް،
- ފޯމުން ރަޖިސްޓަރީ ވާނަމަ، މި އިދާރާގެ ކައުންޓަރަށް (ރިސެޕްޝަނަށް) ހުށަހަޅައިގެން ނުވަތަ، ތިރީގައިވާ އީމެއިލަށް ފޯމު ފޮނުވައިގެންވެސް ރަޖިސްޓަރީކޮށް ދެވޭނެއެވެ.
- އާންމު އީމެއިލް: [email protected]
- ބީލަން ރަޖިސްޓަރީވިކަން ކަށަވަރުކުރުމަކީ، ފޯމް ހުށަހަޅުއްވާފަރާތުގެ ޒިންމާއެކެވެ. ބީލަން ރަޖިސްޓްރީ ކުރުމަށް ހަމަޖެހިފައިވާ މުއްދަރުގައި ރަޖިސްޓްރީނުކުރާ ފަރާތްތަކަށް ބީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.
|
|
2. ބީލަން ރަޖިސްޓަރީވުމަށް ހުށަހެޅޭނެ ފަރާތް
|
- މި ބީލަމުގައި ރަޖިސްޓަރީ ވުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/18) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/19) ގެ ދަށުން ރަޖިސްޓަރީވެ، ރަޖިސްޓަރީގެ މުއްދަތު ހަމަނުވާ ފަރާތްތަކެވެ.
- ނޯޓް: ބީލަން ހުށަހެޅުމުގައި ބައިވެރި ވެވޭނީ މީގެތެރެއިން ކޮންމެވެސް އެއް ޙައިސިއްޔަތަކުންނެވެ.
|
|
3. މަޢްލޫމާތު ސާފުކޮށްދިނުން
|
- އިތުރުމަޢުލޫމާތު ސާފުކުރުމަށް، ކޮޅުމަޑުލު އަތޮޅުކައުންސިލްގެ އިދާރާގެ ނަންބަރު 6780700 ނުވަތަ [email protected] ށް މެއިލްކޮށްގެން ނުވަތަ 7846025 ނުވަތަ 9931351 އަށްގުޅައިގެނެވެ.
|
|
4. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ސުންގަޑި
|
- ތަން: ކޮޅުމަޑުލު އަތޮޅުކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމް (ވޭރުމާލަން)
- ތާރީޚް: 10 ސެޕްޓެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 13:00 ގައި.
- ބަދަލުގައި މީހަކު ފޮނުވާނަމަ، ހުށަހަޅާ ފަރާތުގެ އައިޑީ ކާޑްގެ ފޮޓޯކޮޕީ އަކާއި، ހުށަހަޅާފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ.
- ބީލަން ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި އިޢުލާނަ ނަންބަރު އަދި ބީލަމުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
|
ވީމާ، މި މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކަށްމ ބީލަން ހުށަހަޅުއްވުމުގެ ފުރުޞަތު ހުޅުވާލައި، އާއްމުކޮށް އިޢުލާނު ކުރީމެވެ.
|
|