ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ޑައިކިން އެއަރކޮންޑިޝަން ސިސްޓަމެއް މި އޮފީހަށް ހޯދުން

އިޢުލާނު

ޑައިކިން އެއަރކޮންޑިޝަން ސިސްޓަމެއް މި އޮފީހަށް ގެނެސް، ހޮޅިބައި އަޅައި އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ. 

ޑައިކިން އެއަރކޮންޑިޝަން ސިސްޓަމެއް، މި އޮފީހަށް ގެނެސް، ހޮޅިބައި އަޅައި އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މި ކަމަށް އެދޭ ފަރާތްތަކުން ބީލަމުގައި ރަޖިސްޓަރީވުމަށް، 2024 ސެޕްޓެންބަރު 2 ވާ ހޯމަ ދުވަހުގެ 10:30 ގެ ކުރިން މި އިޢުލާނުގައިވާ އީ-މެއިލް އެޑްރެހަށް ތިރީގައިވާ މަޢުލޫމާތު މެއިލް ކުރުން އެދެމެވެ. މަޢުލޫމާތު ފުރިހަމަ ނުވާ، އަދި މުއްދަތު ހަމަވުމުގެ ފަހުން، ރަޖިސްޓަރީވުމަށް ފޮނުވާ އީ-މެއިލްތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ކުންފުނީގެ ނަން:

ބިޑު ހުށަހެޅުމަށް އަންނަ ފަރާތުގެ ނަން:

އީ-މެއިލް:

ފޯނު ނަންބަރު: 

ބީލަމުގައި ރަޖިސްޓަރީ ވުމަށާއި މަޢުލޫމާތު ސާފުކުރުމަށް [email protected] އަށް މެއިލްކުރުން އެދެމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2024 ސެޕްޓެންބަރު 2 ވާ ހޯމަ ދުވަހުގެ 10:30 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީ ވުމަށްފަހު، 2024 ސެޕްޓެންބަރު 8 ވާ އާދީއްތަ ދުވަހުގެ 10:30 އަށް މި އޮފީހަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާސްތައް މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.

23 ޞަފަރު 1446

27 އޮގަސްޓް 2024
ހޯދާ