|
މަޤާމު:
|
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
ބޭނުންވާ އަދަދު:
|
1
|
|
އޮފީސް:
|
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ހިތަދޫ ކެމްޕަސް
|
|
ގްރޭޑް:
|
05
|
ސްޕައިން ޕޮއިންޓް:
|
24
|
|
މަޤާމުގެ މުސާރަ:
|
މަހަކު 7,151.26 ރ
|
ސަރވިސް އެލަވަންސް:
|
މަހަކު 3,064.83ރ
|
|
އިނާޔަޔްތައް:
|
- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.
- ސްޕެޝަލް ޑިއުޓީ އެލަވަންސް ގެ ގޮތުގައި މުސާރައިގެ %35
- ސްޓާފް ހެލްތު އިންޝުއަރެންސް (3 މަހުގެ ޕްރޮބޭޝަން ފުރިހަމަ ކުރުމަށްފަހު).
|
|
ވަޒީފާގެ ބާވަތް:
|
ދާއިމީ
|
|
މަގާމުގެ ޝަރުތު:
|
- ސެޓިފިކެޓް ލެވެލް 7/8 ގެ ސެރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން،ނުވަތަ،
- މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 5 ގެ ސެރޓިފިކެޓަކަށްފަހު 2 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
މަސައްކަތުގެ ދާއިރާއިން ސެޓިފިކެޓް ލެވެލް 4 ގެ ސެރޓިފިކެޓަށްފަހު 5 އަހަރު ދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން
|
|
މަޤާމުގެ މަސްއޫލިއްޔަތު:
|
- ތާވަލް ކުރެވިފައިވާ ގަޑިތަކުގައި އޮފީސް ހުޅުވުމާއި ލެއްޕުން.
- ކޯސްތަކަށް ހުށައެޅޭ ފޯމްތައް ބަލައިގަނެ ޕްރޮސެސްކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި އެކަމާއި ގުޅުންހުރި މަސައްކަތް ކުރުން.
- އޮރިއެންޓޭޝަންގެ އެންމެހައި ކަންތައްތައް ހަމަޖެއްސުން.
- ދަރިވަރުންގެ ގްރެޖުއޭޝަން ފޯމުތައް ޕްރޮސެސްކޮށް ފޮނުވުން.
- ރިސޯސްޓީޗަރުންގެ އެގްރިމެންޓް ހެދުމާއި ރެކޯޑްތައް ބެލެހެއްޓުމާއި އަދި ކިޔަވައިދިނުމާއި ގުޅޭ ކަންކަމުގައި ޓީޗަރުން/ލެކްޗަރާއިންނަށް އެހީތެރިވުން.
- އެކަޑެމިކް ހަރަކާތްތަކަށް ބޭނުންވާ ފޮޓޯކޮޕީ ހެދުމާއި ޗާޕްކުރުމުގެ މަސައްކަތްކޮށް ކުރުން.
- ފެކަލްޓީތަކަށް ފޮނުވާ ޓީޗަރުންގެ ޕޭޝީޓް ބަޖެޓް ސެކްޝަނާއި ގުޅިގެން ތައްޔާރުކޮށް ފޮނުވުމާއި ވިލަރެސް ކުރުން.
- ދަރިވަރުންގެ ރެޖިސްޓްރޭޝަން ހެދުމާއި ދަރިވަރުންގެ ހާޒިރީ ރިޕޯޓް ތައްޔާރުކުރުމާއި ދަރިވަރުންނާއި ގުޅޭ އެންމެހާ ފޯމްތައް ފެކަލްޓީތަކަށް ފޮނުވުމާއި އެކަމުގެ އިންތިޒާމް ހަމަޖެއްސުން.
- ޓީޗަރުންނަށް ބޭނުންވާ ފައިލްތައް ތައްޔާރުކުރުމާއި އެގްރީމެންޓް ތައްޔާރުކުރުން.
- ކިޔަވައި ދިނުމަށް ބޭނުންވާ އެންމެހައި ތަކެތި ފެކަލްޓީތަކުން ހޯދުމުގައި އިދާރީ މުވައްޒަފުންނަށް އެހީތެރިވެދިނުން އަދި ހަމަކުރުން.
- ކުދިންނަށް ބޭނުންވާ ލިޔެކިއުންތައް ތައްޔާރުކޮށް އެފަރާތްތަކަށް ފޯރުކޮށްދިނުން.
- ޓައިމްޓޭބަލް ތައްޔާރުކުރުމާއި ކްލާސްތައް އޯގަނައިޒްކުރުމާއި އިމްތިހާންތަކަށް ކްލާސްތައް އޯގަނައިޒްކުރުން.
- ނުރަސްމީ ގަޑިތަކުގައި އޮފީސް ހުޅުވަން ޖެހޭ ވަގުތު ތަކުގައި ކަނޑައެޅިފައިވާ އުސޫލެއްގެ މަތިން އޮފީސް ހުޅުވައި ޑިއުޓީ އަދާކުރުން.
- އިވެންޓްތައް ކޯރޑިނޭޓް ކުރުމާއި ވިލަރެސް ކުރުން.
- ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބެލެހެއްޓުން.
- ކޯސްތައް ޕްރޮމޯޓް ކުރުމާއި އެންރޯލްމެންޓް އިތުރުކުރުމަށް މަސައްކަތް ކުރުން.
- ސްޓުޑެންޓް ބޮޑީސްތަކުގެ ތަކުގެ މަސައްކަތައް އެހީތެރިވުމާއި ވިލަރެސް ކުރުން.
- ވަޒީފާއާއި ގުޅޭ ގޮތުން އޮފީހުގެ ވެރިން އަންގަވާ މަސައްކަތްތައް ކުރުން.
- ސަލާމްބުނާ މުވައްޒަފުންނާއި، ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް، ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން.
|
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:
|
2024 ސެޕްޓެންބަރު 8 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.
https://tinyurl.com/MNU-HR-2024-HC-180
|
|
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
- ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ކޮޕީ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން ސެޓްފިކެޓްތަކުގެ އޮރިޖިނަލްތައް ހުށަހަޅަންވާނެއެވެ.
- ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
** އެޓޭޗް ކުރައްވާނީ މަތީގައިވާ ތަރުތީބުން ހުރިހާ ޑޮކިއުމަންޓް ތަކެއް އެއް ޑޮކިއުމަންޓެއްގޮތުގައި “ޕީ.ޑީ.އެފް" ކޮށްފައެވެ.
|
|
ނޯޓް:
|
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.
|
|
އިތުރު މަޢުލޫމާތު:
|
- މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345141 ނަމްބަރު ފޯނަށެވެ.
|