މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ފައިނޭންސް އޮފިސަރ

އިޢުލާން
ވަޒީފާގެ ފުރުޞަތު:

މި އިދާރާއިން  12  އެޕްރީލް  2015  ގައި  ކޮށްފައިވާ  IUL)275-HR/275/2015/10)  ނަންބަރުގެ  އިޢުލާނަށް  އިޖާބަދީ  އެއްވެސް  ފަރާތަކުން  ހުށަހަޅާފައިނުވާތީ،  އެ  އިޢުލާން  ބާޠިލުކުރުމަށްފަހު،  މި  އިދާރާގެ  އެސިސްޓެންޓް  ފައިނޭންސް  އޮފިސަރގެ  މަޤާމަށް  ކުރިމަތިލުމުގެ  ފުރުޞަތު  ހުޅުވާލައި  އަލުން  އިޢުލާން  ކުރަމެވެ.

މަޤާމް

އެސިސްޓެންޓް ފައިނޭންސް އޮފިސަރ

މަޤާމުގެ ގިންތި

ވަގުތީ

މަޤާމުގެ ރޭންކް

ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް / ސެކްޝަން / ޔުނިޓް

މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ / ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން

މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ

މުސާރަ

-/4465 ރުފިޔާ

ސަރވިސް އެލަވަންސް

-/1500 ރުފިޔާ

އެހެނިހެން އުޖޫރައާއި ޢިނާޔަތްތައް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ދަތުރު އެލަވަންސާއި، އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަސްތަކުގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު

1 (އެކެއް)

ތަޢުލީމާއި، ތަޖުރިބާ

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ޘާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

1. އިދާރާއަށް ލިބޭ ފައިސާ ބަލައިގަތުމާއި، އިދާރާއިން އެކިއެކި ފަރާތްތަކަށް ހަވާލުކުރަންޖެހޭ ފައިސާ ހަވާލުކޮށް، މިކަމާ ގުޅޭ ލިޔެކިޔުމުގެ އެންމެހައި މަސައްކަތްތައް ކޮށް، އެ މަސަައްކަތްތައް ބެލެހެއްޓުން.

2. އިދާރާގެ ކުރިއަށްއޮތް އަހަރުގެ ބަޖެޓް ތައްޔާރުކޮށްފައި ފޮނުވުމާއި، ހިނގާ އަހަރުގެ ބަޖެޓާބެހޭ އެންމެހައި ކަންތައްތައް ކޮށް، އެ މަސައްކަތް ބެލެހެއްޓުން.

3. އިދާރާއިން ކުރަންޖެހޭ ޚަރަދުތަކަށް އެޑްވާންސްގެގޮތުގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ބަޖެޓް ފައިސާ ގެނައުމަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް، އެ ލިޔުންތައް ފޮނުވައި، އެ މަސައްކަތް ބެލެހެއްޓުން.

4. މުވައްޒަފުންގެ އަތުން ޕެންޝަން ސްކީމަށާއި، ކްރެޑިޓް ސްކީމަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށްޓަކައި އިދާރާއިން ކުރަންޖެހޭ ލިޔެކިޔުމުގެ މަސައްކަތްކޮށް، އެ ލިޔުންތައް ފޮނުވައި، އެ މަސައްކަތް ބެލެހެއްޓުން.

5. އިދާރާއާއި އިދާރާގެ ބެލުމުގެ ދަށުގައިވާ ޢިމާރާތްތަކާއި ވެހިކަލްތަކާއި އެހެނިހެން ތަކެތީގެ މަރާމާތުގެ ކަންތައްތަކާއި، ވެހިކަލްގެ އަހަރީފީ ދައްކައި، އެ މަސައްކަތް ބެލެހެއްޓުން.

6. އިދާރާގެ ބޭންކް އެކައުންޓްތައް ރީކޮންސައިލްކޮށް، އެ މަސައްކަތް ބެލެހެއްޓުން.

7. ރަށުގެ ރައްޔިތުންގެ މާލިއްޔަތާއި، އެންމެހައި ވަސީލަތްތައް ބެލެހެއްޓުން.

8. ނީލަންކިޔާ ތަކެއްޗާއި، ނައްތައިލެވޭ ތަކެތީގެ ރެކޯޑު ބެލެހެއްޓުން.

9. އިދާރާގެ އަންދާސީ ހިސާބު ބަލާ ކޮމިޓީގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން.

10. ހަވާލުކުރެވިފައިވާ މަސައްކަތާ ގުޅިގެން އެކިއެކި ޤާނޫނުތަކުގެ ނުވަތަ ޤަވާޢިދުތަކުގެ ދަށުން ތައްޔާރުކޮށްފައި ފޮނުވަންޖެހޭ އެންމެހައި ރިޕޯޓްތައް ތައްޔާރުކޮށް، އެ ރިޕޯޓްތައް ފޮނުވައި، އެ މަސައްކަތް ބެލެހެއްޓުން.

11. އިދާރާގެ ފައިނޭންޝަލް ޕްލޭން ތައްޔާރުކޮށް، އެ ތަކެތި ފޮނުވައި، އެ މަސައްކަތް ބެލެހެއްޓުން.

12. އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ތަޢުލީމާއި، ތަމްރީން

2. މަސައްކަތުގެ ތަޖުރިބާ

3. މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އާއި ޕްރެކްޓިކަލްސް އާއި އިމްތިޙާންކުރުން އޮންނާނެ ތާރީޚާއި ތަން:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު 2015 ޖޫން 22 އާއި 24 އާ ދެމެދު މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް، މިލަދުންމަޑުލުއުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.)

2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.

6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

2015 ޖޫން 16 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 1:30 ގެ ކުރިން، މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާއަށް

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، މި އިދާރާގެ 6540046 ނަންބަރު ފޯނާއެވެ.

17 ޝަޢުބާން 1436

04 ޖޫން 2015
ހޯދާ