ދިވެހިރާއްޖެ
އިޢުލާން |
ނަންބަރ: |
(IUL)421/ESMSED/421/2024/44 |
ތާރީޚް |
23 ޞަފަރު 1446 |
|
27 އޯގަސްޓް 2024 |
ގޯލްޑެން ފުޓްސަލް ޗެލެންޖް 2025 ގައި ބައިވެރިވާ ގދ.ވާދޫ ކައުންސިލްގެ ޓީމް މެނޭޖްކޮށްދިނުން
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ބައިވެރިވެފައިވާ މި ކައުންސިލްގެ ފުޓްސަލްޓީމް މުބާރާތައް ތައްޔާރު ކުރުމާއި، މުބާރާތުގެ މެޗު ތަކުގައި ވާދަކުރުމުގެ އެންމެހައި އިންތިޒާމްތައް ހަމަޖައްސައި، ޓީމްގެ ކަންތައްތައް މެނޭޖްކޮށް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިއުލާނާއި އެކުގައިވާ މައުލޫމާތު ކަރުދާހާއި އެއްގޮތްވާގޮތުގެ މަތިން ޓީމް ގެ ކަންތައްތައް ރާވައި ހިންގާނެ ގޮތުގެ ޕްރޮޕޯސަލް ހުށަހެޅުއްވުމުގެ ފުރުސަތު ހުޅުވާލަމެވެ. ޕްރޮޕޯސަލް ހުށަހަޅުއްވަންވާނީ މި އިޢުލާނާއެކު އާންމުކޮށްފައިވާ މަޢުލޫމާތު ޝީޓްގައިވާ ޖަދުވަލް 1 ގައިވާ ގޮތުގެ މަތީންނެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު 08 ސެޕްޓެމްބަރ 2024 ވަނަ ދުވަހުގެ 13:00 އާއި ހަމައަށް ހުޅުވާލެވިފައިވާކަމުގައި ދަންނަވަމެވެ. ޕްރޮޕޯސަލް މެއިލްކުރައްވާނަމަ މެއިލްކުރައްވާނީ [email protected] އަށް ކަމުގައިވެސް ދަންނަވަމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.
ޙަސަން ޢަބްދުﷲ
ކައުންސިލްގެ ރައީސް