ދިވެހިރާއްޖެ
މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޛުކުރެވެމުންދާ "އެންހޭންސްޑް އިންޓަގްރޭޓެޑް ފްރޭމްވާރކް ޕްރޮގްރާމް (އީ.އައި.އެފް)ގެ ދަށުން ތަންފީޛުކުރުމަށް ހަމަޖެހިފައިވާ ޓްރޭޑް ފެސިލިޓޭޝަން ޕްރޮޖެކްޓަށް ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމު: އެކައުންޓްސް އޮފިސަރ |
އަދަދު :01 |
ފެންވަރު ނުވަތަ ޝަރުޠު:
|
މުސާރަ، އެހެނިހެން އިނާޔަތް އަދި ޕެންޝަން ހިމެނޭ ގޮތުގެމަތިން: ލިބިފައިވާ ތަޖުރިބާއަށް ބެލުމަށްފަހު -/20,046 – -/21,588 ރ އާ ދެމެދުގެ އަދަދެއް |
ވަޒީފާގެ މުއްދަތު: 12 މަސްދުވަހުގެ ކޮންޓްރެކްޓް ވަޒީފާ |
މަތީގައި ބަޔާންކުރެވިފައިވާ ވަޒީފާއާ ގުޅުންހުރި އިތުރު މަޢުލޫމާތާއި، އަދާކުރައްވަންޖެހޭ މަސްއޫލިއްޔަތުގެ ތަފުސީލު ޓާރމްސް އޮފް ރެފަރެންސް މި މިނިސްޓްރީގެ ވެބްސައިޓް http://www.trade.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ވަޒިފާއަށް ކުރިމަތިލުމުގެ ސުންގަޑި: ވަޒީފާއަށް އެދި ސިޓީ ފޮނުވުމުގެ އެންމެ ފަހުގެ ތާރީޚަކީ 25 ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ. ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން، ސީ.ވީ.، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި) އަދި ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ މި މިނިސްޓްރީގެ ހިއުމަން ރިސޯސް ޔުނިޓަށް އެޑްރެސްކޮށް ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި "Job Application for EIF Tier 2 Project – Finance Officer" މިހެން ލޭބަލްކުރެވިފައި އޮންނަންވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހުގެ 08:00 – 15:00 އަދި ރޯދަ މަހުގެ 10:00 - 14:00 އާ ދެމެދު 3333180 / 3333174 ފޯނަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
20 ޝަޢުބާން 1436