ދިވެހިރާއްޖެ
މިއިދާރާއިންދޭ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް، ނެއްލައިދޫ ހުޅަނގު ފަރާތު ބީޗް ސަރަހައްދުގައި 3 ހަޓް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 27 އޮގަސްޓް 2024 ން 02 ސެޕްޓެމްބަރު 2024 ގެ 14:00 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
- "ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު: https://forms.office.com/r/EFaSefz069
މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 02 ސެޕްޓެމްބަރު 2024 ގެކުރިން މި އިޢުލާނުގައި ދެވިފައިވާ ނަންބަރު ފޯނަށް ގުޅުއްވާ ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 11 ސެޕްޓެމްބަރު 2024 ވަނަ ދުވަހުގެ 10:30 ގައި ނެއްލައިދޫ ކައުންސިލް އިދާރާގައެވެ.
މިޕްރޮޖެކްޓާގުޅޭ މަޢުލޫމާތު ކަރުދާސް އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ. މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
ޕްރޮކިއުމަންޓް ޔުނިޓް
- ނެއްލައިދޫ ކައުންސިލް އިދާރާ / ހދ. ނެއްލައިދޫ
- ފޯން: 6520041
- އީމެއިލް: [email protected]
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.