އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގެސްޓްބީޗް އައުޓްސޯސްކޮށް ކުނިކަހައި ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
ގެސްޓްބީޗް އައުޓްސޯސްކޮށް ކުނިކަހައި ސާފުކޮށް ބެލެހެއްޓުމަށް ދޫކޮށްފައިވާ މުއްދަތު 2024 އޮގަސްޓް 20 ވަނަދުވަހު ހަމަވުމާއިގުޅިގެން، ގެސްޓްބީޗް އައުޓްސޯސްކޮށް ކުނިކަހައި ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 2024 ސެޕްޓެމްބަރ 04 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން ސިޓީއަކުން މިއިދާރާއަށް ހުށައެޅުއްވުން އެދެމެވެ. މިކަމަށްއެދި އެއްފަރާތަށްވުރެ ގިނަފަރާތްތަކުން ކުރިމަތިލައިފިނަމަ، މަސައްކަތްކުރާނެ ފަރާތެއް ހޮވާނީ ކުރިމަތިލީ ފަރާތްތަކުގެ ހާޒިރުގައި ނެގޭ ގުރުއަތުލުމަކުންނެވެ.
ދުވަހުގެ ޢަދަދު: ހަފްތާގެ 07 ދުވަހު.
ކަނޑައެޅިފައިވާ އަގު: -/7000 ރުފިޔާ (މަހަކު)
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިއުލާންކުރީމެވެ.
27 އޮގަސްޓް 2024
ހޯދާ