ދިވެހިރާއްޖެ
Turkish Language Programme for Public Officials and Academicians (KATIP) 2024-2025 |
ތުރުކިޔޭގެ ޕްރެޒިޑެންސީ އޮފް ޓަރކްސް އެބްރޯޑް އެންޑް ރިލޭޓަޑް ކޮމިއުނިޓީސް (ވައި.ޓީ.ބީ) ގެ ފަތާތުން ހިންގުމަށް ހަމަޖެހިފައިވާ ޓަރކިޝް ލެންގުއޭޖް ޕްރޮގްރާމް ފޮރ ޕަބްލިކް އޮފިޝަލްސް އެންޑް އެކެޑެމިޝަންސް އަށް 2024/2025 ވަނަ އަހަރު ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށް ތުރުކިއޭ އެމްބަސީއިން ވަނީ އަންގާފައެވެ.
ވީމާ، މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2 ސެޕްޓެމްބަރ 2024 ވާ ހޯމަ ދުވަހުގެ ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް https://tbbs.turkiyeburslari.gov.tr/ އެޕްލިކޭޝަން ހުށަހެޅުންވުން އެދެމެވެ.
......................................................................................................................................................................... * މިޕްރޮގްރާމްތަކަށް ހޮވޭ ފަރާތްތަކުން، ޕްރޮގްރާމް ފުރިކުރަން ފެށުމުގެ ކުރިން އެ ޕްރޮގްރާމެއް ހިންގާ ޔުނިވަރސިޓީ/ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ މަރުކަޒެއްކަމާއި، ހޮވިފައިވާ ޕްރޮގްރާމަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ޕްރޮގްރާމެއްކަން ކަށަވަރު ކުރެއްވުން އެދެމެވެ. * މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ޕްރޮގްރާމް ހެދުމަށް ހޮވޭ ފަރާތްތަކުން، އެ ޕްރޮގްރާމެއް ފުރިހަމަކުރަން ފެށުމުގެ ކުރިން، ކަމާބެހޭ އިދާރާއަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ ފަދަ ތަންތަނުން) ޤަބޫލުކުރާ މަރުކަޒެއްގައި ހިންގާ، އެ އިދާރާއަކުން ޤަބޫލުކުރާ ޕްރޮގްރާމެއްކަން ކަށަވަރުކުރެއްވުންވެސް އެދެމެވެ. |