ޝަރަފުއްދީން ސްކޫލް
ދިވެހިރާއްޖެ
ޕްރީ ސްކޫލް ދަރިވަރުންގެ ކުޅޭތަކެތި އެހެން ސަރަހައްދަކަށް ބަދަލުކުރުން

                   ނަންބަރ: GS43-B/2024/105

އަންދާސީ ހިސާބު ހުށަހެޅުމުގެ ދައުވަތު

- މިސްކޫލުގެ ޕްރީ ސްކޫލް ދަރިވަރުން ކުޅޭތަކެތި މިހާރު ބަހައްޓާފައިހުރި ސަރަހައްދުން އެތަކެތި ނެގުމަށްފަހު، އެހެން  ސަރަހައްދެއްގައި އެތަކެތި ބަހައްޓައި ދިނުމަށް  ޝަވްޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

- މިހާރު މިތަކެތި ހުރި ސަރަހައްދާއި ބަހައްޓަން ބޭނުންވާ ސަރަހައްދު ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން އޯގަސްޓް 27 ، 28 މި ދެ ދުވަހުގެ ހެނދުނު 8:30 އިން 10:30އަށް އަދި މެންދުރު ފަހު 01:00އިން 2:00އަށް ބެލޭނެ އިންތިޒާމު ހަމަޖެހިފައިވާނެއެވެ.

- މަސައްކަތް ކުރައްވާނީ އަމިއްލަ ތަކެތީގައެވެ.

- މަސައްކަތްކުރާނެ ފަރާތެއް ހޮވުމުގައި ބަލާނީ ހުށަހަޅާ އަގަށް %80 ، މުއްދަތަށް %20 ހޯއްދަވައިގެން އެންމެގިނަ ޕޮއިންޓް ލިބޭ ފަރާތަކަށެވެ.

 މިކަމަށް  ޝަވްޤުވެރިވެލައްވާ  ފަރާތްތަކުން 01 ސެޕްޓެމްބަރ  2024 ވާ  އާދީއްތަ  ދުވަހު 14:00 ގެ ކުރިން [email protected] އަށް ކޯޓޭޝަން މެއިލް ކޮށްދެއްވުން އެދެމެވެ.

26 އޮގަސްޓް 2024
ހޯދާ