ދިވެހިރާއްޖެ
އިޢުލާން
ރަށުގެ ޗާންދަނީމަގުން ފެށިގެން ދަނބުވިލާ ގޯޅި އާއި ދެމެދުގައިވާ ސަރަޙައްދުގެ އަތިރިމަތީގައި ހުރި އެކިފަރާތްތަކުން ބޭނުންކޮށް ގިނަދުވަސްވެފައިވާ ލާންޗް، ޑިންގީ އަދި ކުދި ދޯނިފަހަރުތަކާއި ހަރުގެވަޅުތައް ނެގުމާއި ގުޅޭ |
ރަށުގެ ޗާންދަނީމަގުން ފެށިގެން ދަންބުވިލާ ގޯޅިއާއި ދެމެދުގައިވާ ސަރަޙައްދުގެ އަތިރިމަތީގައި ހުރި އެކިފަރާތްތަކުން ބޭނުންކޮށް ގިނަދުވަސްވެފައިވާ ލާންޗް، ޑިންގީ އަދި ކުދި ދޯނިފަހަރުތަކާއި ހަރުގެވަޅުތައް ނެގުމަށް މިކައުންސިލްގެ 2024 ވަނަ އަހަރުގެ 26 ވަނަ ޖަލްސާއިން ނިންމާފައިވާތީ، 26 އޮގަސްޓް 2024 އިން ފެށިގެން 01 ( އެކެއް ) މަސްދުވަހުގެ ތެރޭގައި ރަށުގެ ޗާންދަނީމަގުން ފެށިގެން ދަންބުވިލާ ގޯޅިއާއި ދެމެދުގައިވާ ސަރަޙައްދުގެ އަތިރިމަތީގައި ހުރި އެކިފަރާތްތަކުން ބޭނުންކޮށް ގިނަދުވަސްވެފައިވާ ލާންޗް، ޑިންގީ އަދި ކުދި ދޯނިފަހަރުތަކާއި ކައުންސިލުން ޙުއްދަ ދީފައިވާ ހަރުގެވަޅުތައް ނޫން އެހެން ހަރުގެވަޅުތައް އެސަރަޙައްދުން ނެގުމަށް އަންގަމެވެ. އަދި މިސަރަޙައްދުން ނަގާ އުޅަނދުތައް ބަހެއްޓުމަށް މިކައުންސިލުން ކަނޑައަޅާފައިވަނީ ފެނަކަ ކޯޕަރޭޝަން ފީއަލީ ބްރާންޗް އިމާރާތުގެ ހުޅަނގު ފަރާތު އަތިރީގައި ކަމުގައި އަންގާ އިޢުލާންކުރީމެވެ.
22 ޞަފަރު 1446
26 އޮގަސްޓް 2024
އާމިނަތު ރާނިޔާ
ކައުންސިލް މެންބަރ