މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޮލީ ކޯޓް ބޭނުންކުރުމާއި ގުޅޭ:

އިޢުލާން

ވޮލީ ކޯޓް ބޭނުންކުރުމާއި ގުޅޭ:

މިރަށުގެ ސްޕޯޓްސް އެރީނާ ހިމެނޭ ސަރަހައްދުގައި އަލަށް އަޅަމުން ގެންދާ ވޮލީ ކޯޓަކީ މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނެސް އެންޑް ރިކްރިއޭޝަން އިން ކޮންޓްރެކްޓް އުސޫލުން އަމިއްލަ ކުންފުންޏަކާއި ހަވާލުކުރައްވައިގެން މިރަށުގައި ހިންގަމުން ގެންދާ ޕްރޮޖެކްޓެކެވ.ެ މި ޕްރޮޖެކްޓުގެ ގިނަ މަސައްކަތްކޮށް ބޮޑުބައި ނިމިފައިވީނަމަވެސް، ޕްރޮޖެކްޓް އެއްކޮށް ނިންމައި މިކައުންސިލާއި ހަވާލުކޮށްފައިނުވާކަން މައުލޫމާތަށްޓަކައި ދަންނަވަމެވެ. 

އެހެންކަމުން އެމަސައްކަތް އެއްކޮށް ނުނިމެނީސް އަދި ކައުންސިލުން ހުއްދަ ނުދެނީސް އެއްވެސް ބޭނުމަކަށް އަމިއްލަ ފަރާތްތަކުން ވޮލީ ކޯޓް ބޭނުންކުރުމަކީ މަނާކަމެއް ކަމުގައި ދަންނަވަމެވެ.

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 އޮގަސްޓް 2024
ހޯދާ