ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޔަރ ޓްރެއިނިންގ ފެސިލިޓީ ގާއިމް ކުރުމަށް ބިން ކުއްޔަށްދިނުން

އިޢުލާނު

ކޮޅުމަޑުލު ތިމަރަފުށީ ބަނދަރުގެ އުތުރުގައިވާ ހުސްބިމުން، އެއަރޕޯރޓަށް ދާމަގުގެ އަރިމަތިން ސުރުހީގައިވާ ބޭނުމަށް ބިމެއް ކުއްޔަށްދިނުމަށް ނިމިފައިވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއިދާރާއިން ދޫކުރާ "ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމާއެކު،  މަޢުލޫމާތު ސާފު ކުރައްވައި ބިޑް ހުށަހެޅުއްވުމަށް އާންމުކޮށް ދަޢުވަތު އަރުވަމެވެ.

ބިމާ ބެހޭ އިތުރު މަޢުލޫމާތު

ބިމުގެ ނަންބަރު

ކުއްޔަށްދޭ ބޭނުން

ބިމުގެ ބޮޑުމިން (އަކަފޫޓުން)

ބިން ކުއްޔަށްދޭ މުއްދަތު

ކުލީގެ ގޮތުގައި ހުށަހެޅޭނޭ އެންމެ ކުޑައަގު (އަކަފޫޓަކަށް)

39.5

ފަޔަރ ޓްރެއިނިންގ ފެސިލިޓީ ޤާއިމްކުރުން

3194.72

10 އަހަރު

0.80 ރުފިޔާގެ ރޭޓުން

ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓަރވުން

މިބިމަށް އެދި  ބީލަން ހުށަހެޅޭނީ ބީލަން ހުށަހެޅުމަށްޓަކައި މިއިދާރާގައި ރެޖިސްޓަރވާ ފަރާތްތަކަށެވެ. ރެޖިސްޓްރީ ވުމަށްޓަކައި "ބީލަމުގައި ރަޖިސްޓްރީވާ ފޯމް" ފުރިހަމަ ކުރުމަށްފަހު ބީލަމުގައި ރެޖިސްޓަރ ވުމަށް ފައިސާ ދެއްކުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގައި ސްލިޕް ދޫކުރެވޭނެއެވެ. ރެޖިސްޓްރޭޝަން ފީގެ އަގަކީ -/300 ރުފިޔާއެވެ.

ޙަރަކާތް

ގަޑި

ތާރީޚް

ބީލަމުގައި ބައިވެރިވުމަށް ފައިސާދެއްކުން

ރަސްމީގަޑީގައި

29 އޮގަސްޓް 2024 ން ފެށިގެން 9 ސެޕްޓެމްބަރ އަށް

މަޢުލޫމާތު ސާފުކުރުން

13:00

10 ސެޕްޓެމްބަރ  2024

ބިޑް ހުށަހެޅުން

13:00

15 ސެޕްޓެމްބަރ  2024

 

މިމުއްދަތުގެ ތެރޭގައި އީމެއިލް މެދުވެރިކޮށް ފޯމު ހުށަހެޅުއްވުމަށްފަހު މިއިދާރާގެ ބޭންކް އެކައުންޓު ނަމްބަރ: 7725700323001 (REVENUE 1)  އަށް ފައިސާ ޖަމާކުރައްވާ ފަރާތްތައްވެސް ބީލަމުގައި ރެޖިސްޓަރ ކޮށްދެވޭނެއެވެ. މިގޮތުން އީމެއިލް މެދުވެރިކޮށް ރެޖިސްޓަރވާން ބޭނުންވާ ފަރާތްތަކުން މިއިދާރާގެ އީމެއިލްއެޑްރެހަށް ([email protected]) މަތީގައި ބަޔާންކުރެވުނު ލިޔުންތައް އީމެއިލްކޮށް ދެއްވުން އެދެމެވެ. އީމެއިލް ކުރައްވާއިރު އީމެއިލްގެ ސުރުހީގައި "ފަޔަރޓްރެއިނިން ފެސިލިޓީ ބިން" މިހެން ލިޔުއްވުމަށް ދަންނަވަމެވެ.

26 އޮގަސްޓް 2024
ހޯދާ