ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިންނަވަރުގެ ދެކުނުފަރާތު ހިއްކި ބިމުގައި ސްޓޯރޭޖާއި، ކޮންސްޓްރަކްޝަން އަދި ރިޕެއަރ މަސައްކަތް ކުރުމާއި، ތެޔޮ ބަންކަރިންގް ފަދަ އިންޑަސްޓްރިއަލް މަސައްކަތް ކުރުމަށް ބިން ދޫކުރުމާއި ބެހޭ

އިޢުލާން

 

 ޅ.ހިންނަވަރުގެ ދެކުނުފަރާތު ހިއްކި ބިމުގައި ސްޓޯރޭޖާއި، ކޮންސްޓްރަކްޝަން އަދި ރިޕެއަރ މަސައްކަތް ކުރުމާއި، ތެޔޮ ބަންކަރިންގް ފަދަ އިންޑަސްޓްރިއަލް މަސައްކަތް ކުރުމަށް، 49251.499 އަކަފޫޓުގެ ބިން ދޫކުރުމަށް ކުރިން އިޢުލާން ނަމްބަރ: (IUL)326/231/2024/1 ބާޡިލްކޮށް، ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

 މި އިޢުލާނާއެކު ބިމުގެ ސަރަޙައްދުގެ ކުރެހުމާއި މިންތައް ހިމެނޭ ކުރެހުމެއް އެޓޭޗްކުރެވިފައިވާނެއެވެ.

*މިބިން ހިފުމަށް ބިޑް ފޯމް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކަށް، ތިރީގައިވާ ގޮތުގެމަތިން ބިޑު ފޯމު ގަނެ ހުށަހެޅުއްވުން އެދެމެވެ. 

 

ތަފްޞީލް

މުއްދަތު

ގަޑި

ތަން

ބިޑު ފޯމް ވިއްކުން

(ބިޑްފޯމް ވިއްކުމަށް ހަމަޖެހިފައިވަނީ  500.00ރުފިޔާއަށް )

 27 އޮގަސްޓް 2024 ވާ އަންގާރަ ދުވަހުން ފެށިގެން 2 ސެޕްޓެމްބަރ 2024 ވާ ހޯމަ  ދުވަހަށް

ރަސްމީ ކޮންމެ ދުވަހެއްގެ 09:00 ފެށިގެން 12:00އަށް

ހިންނަވަރު ކައުންސިލްގެ އިދާރާއިން

ޕްރީބިޑް މީޓިން  

 3 ސެޕްޓެމްބަރ  2024,  އަންގާރަ ދުވަސް

ހެނދުނު 11:00 

ހިންނަވަރު ކައުންސިލްގެ އިދާރާ

ބިޑު ހުށަހެޅުން

( ޕްރޮޕޯސަލް ހުށަހެޅުން )

10 ސެޕްޓެމްބަރ 2024, އަންގާރަ

ހެނދުނު 11:00

ހިންނަވަރު ކައުންސިލްގެ އިދާރާ

 

*    މި ބިޑް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން، އެކަމަށް އެދި ހުށަހަޅުއްވާނީ، ބިޑްފޯމް ބައްލަވައިގަތުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު  ޅ. ހިންނަވަރު ކައުންސިލްގެ އިދާރާއަށެވެ. ބިޑް ގަތުމަށް އެދޭ ފޯމު ހިންނަވަރު ކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. އަދި މިއިޢުލާނާ އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

*    މި ބިމުގައި އަމިއްލަ ޚަރަދުގައި ވިޔަފާރިކޮށް ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބިގެންވަނީ، ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ޕާޓްނަރޝިޕަކަށް ނުވަތަ ކުންފުންޏަކަށެވެ.

*     ބިޑް ޑޮކިއުމަންޓް ގަންނަން ލިބޭނީ -/500ރ (ފަސްސަތޭކަ ރުފިޔާ)  އަށެވެ. ބިޑް ގަތުމަށް ޚަރަދުކުރާ ފައިސާއަކީ އަނބުރާދެވޭ ފައިސާއެއް ނޫނެވެ.                                 

*    ބިޑް ފޯމް ގަތުމަށް އެދޭ ފޯމާއެކުގައި އަންނަނިވި ތަކެތި ހުށަހަޅަންވާނެއެވެ.

  • ބިޑް ގަތުމަށް އެދޭ ފޯމު ސޮއިކުރުމަށްފަހު ހުށަހަޅަނީ، އެ ފޯމު މެދުވެރިކޮށް ގަންނަ ބިޑް ގައިވާ ގޮތުގެމަތިން ބިޑް ހުށަހަޅަން ބޭނުންވާ ފަރާތްނޫން އެހެންފަރާތަކުން ކަމުގައިވާނަމަ، އޭނާ އެ ބިޑް ގަތުމަށާއި ބިޑް ގަތުމަށް އެދޭ ފޯމުގައި ސޮއިކުރުމަށް ބިޑް ހުށަހަޅަން ބޭނުންވާ ފަރާތުން ހުއްދަކުރާކަމުގެ ޕަވަރ އޮފް އެޓަރނީއެއް އެ ފޯމާއެކު ހުށަހަޅަންވާނެއެވެ.
  • ބިޑް ފޯމް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ކުންފުންޏަކުން ކަމުގައިވާނަމަ، އެކުންފުނީގެ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
  •  ބިޑް ފޯމް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ޕާރޓްނަރޝިޕްއަކުން ކަމުގައިވާނަމަ، އެ ޕާރޓްނަރޝިޕްގެ ރެޖިސްޓްރޭޝަން ސެޓްފިކެޓް ގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

 

*      ބިޑް ހުށަހަޅަންޖެހޭނީ،  ބިޑު ފޯމްގައިވާ ގޮތުގެމަތިން ހުރިހާ މައުލޫމާތު ތަކެއް ފުރިހަމަކޮށް  ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި، 10 ސެޕްޓެމްބަރ  2024 ވާ އަންގާރަ  ދުވަހުގެ 11:00ށް ޅ. ހިންނަވަރު ކައުންސިލްގެ އިދާރާއަށެވެ.

*       ޕްރީ ބިޑް މީޓިންގ އަށް ޙާޟިރުނުވި ނަމަވެސް، ބިޑް ފޯމް ގަނެފައިވާނަމަ، ބިޑް ހުށަހެޅޭނެއެވެ.

 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

26 އޮގަސްޓް 2024
ހޯދާ