ދިވެހިރާއްޖެ
މި އިޢުލާންވަނީ 26 އޮގަސްޓް 2024 11:06 ގައި ބާތިލް ކުރެވިފައެވެ.
`
ރަސްގެތީމު ސްކޫލް
ދިވެހިރާއްޖެ ނަންބަރ: GS121/IUL/2024/11
އަމިއްލަ ތަކެތީގައި ހަތަރުކުލާސް ރޫމް ކަރަންޓް ވައިރިންގ ކުރުންއަދި 2150 މިލިމީޓަރ 1525 މިލިމީޓަރ ގެ އިމާރާތެއް ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް
އަމިއްލަ ތަކެތީގައި ހަތަރުކުލާސް ރޫމް ކަރަންޓް ވައިރިންގ ކުރުން އަދި 2150 މިލިމީޓަރ 1525 މިލިމީޓަރ ގެ އިމާރާތެއް ރޭނުމުގެ މަސައްތަކްކޮށްދޭން ބޭނުންވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- ބީލަން ހުޅުވާލެވިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.
2.1. މިކަމަށް އެދި ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
2.1.1. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކުންފުނިތައް.
2.1.2. ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.
2.1.3. ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.
2.1.4. އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.
2.1.5. މިމާއްދާގެ 2.1 ގައި ބަޔާން ކުރާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތައް
3. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 26 އޮގަސްޓް 2024 އިން 01 ސެޕްޓެންބަރު 2024 އަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރު 14:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ މި މުއްދަތުގައި ނަންނޯޓްކުރި ފަރާތްތަކަށެވެ.
4. މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 02 ސެޕްޓެންބަރު 2024 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުވުން އެދެމެވެ.
5. މި މަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 08 ސެޕްޓެންބަރު 2024 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:30 ގައި މިސްކޫލުގައެވެ.
6. ބީލަން ހުޅުވުން އޮންނާނީ 12 ސެޕްޓެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 ގައި މިސްކޫލުގައެވެ.
7. މި މަސައްކަތާއި ގުޅޭ ބީލަންފޮތް މި ބީލަމުގައި ބައިވެރިވުމަށް ނަން ނޯޓްކުރައްވާ ފަރާތްތަކަށް މިސްކޫލުން ދޫކުރާނެ ވާހަކަ ދެންނެވީމެވެ.
8. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.
ރަސްގެތީމު ސްކޫލް
ކޮއިމަލާ މަގު، ރަސްގެތީމު، ދިވެހިރާއްޖެ.
ފޯން: 6580361 އަދި 6580405
އީ-މެއިލް:[email protected]