ދިވެހިރާއްޖެ
(PR)218-/Audit/PRIV//2024/2 ނަންބަރު ނޫސް ބަޔާނާއި ޙަވާލާދީ ދަންނަވަމެވެ.
މި އޮތޯރިޓީން 28 ޖުލައި 2024 ގައި އެވިޑް ކޮލެޖަށް ފޮނުވާފައިވާ 218-Audit/PRIV/2024/261 ނަންބަރު ސިޓީއާ ގުޅިގެން އެވިޑް ކޮލެޖަށް އެޅިފައިވާ ފިޔަވަޅުތައް މުރާޖަޢާކުރުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއާއި އެވިޑް ކޮލެޖާއިއެކު 18 އޮގަސްޓް 2024 ވަނަ ދުވަހު ބޭއްވުނު ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކަށް ރިޢާޔަތްކޮށް، 22 އޮގަސްޓް 2024 ވަނަ ދުވަހު އެމް.ކިއު.އޭގެ ޓީމުން އެވިޑް ކޮލެޖަށް ޒިޔާރަތްކޮށް، ސިޓީ ނަންބަރު: 218-Audit/PRIV/2024/335 ގައި 218-Audit/PRIV/2024/261 ނަންބަރު ސިޓީއަށް ހަވާލާދީ ފާހަގަކުރެވިފައިވާ ކަންތައްތައް ބެލުމަށްފަހު، އެކަންތައްތައް މިހާރު ރަނގަޅުކަމަށް ފާހަގަކުރެވިފައިވާތީ އިއުލާން ނަންބަރު: (PR)218-/Audit/PRIV//2024/2 އަދި ސިޓީ ނަންބަރު: 218-Audit/PRIV/2024/261 އިން އެވިޑް ކޮލެޖަށް އަޅާފައިވާ ވަގުތީ ފިޔަވަޅުތައް އުވާލާފައިވާކަން އާންމުކޮށް އަންގާ އިއުލާންކުރަމެވެ.
މިކަމަކީ ދަރިވަރުންނާއި އާންމު ރައްޔިތުންނަށް އެނގުން މުހިއްމު ކަމަކަށް ވާތީ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.