މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
މި ސަރވިސް އަށް ފޯރުކޮށްދޭ މުދަލާއި ޚިދުމަތަށް ބިލްކުރުމާއި ގުޅޭ
                                މި ސަރވިސްގެ މަސައްކަތްތައް ޑިޖިޓަލް ކުރަމުން ދާތީ ބިލްތައް ބަލައިގަންނަން ހަމަޖެހިފައިވަނީ ހަމައެކަނި، އީ-މެއިލްގެ ޒަރީޢާއިންކަމުގައި ދަންނަވަމެވެ. އެހެންކަމުން ތިރީގައި މިވާ އީ-މެއިލް އެޑްރެހަށް ބިލްތައް ފޮނުއްވަމުން ގެންދެވުން އެދެމެވެ.
- ބިލްތައް ފޮނުއްވުމަށް: [email protected]
 - އެކައުންޓް ސްޓޭޓްމަންޓް އަދާހަމަކުރެއްވުމަށް: [email protected]
 
މެއިލްކުރައްވާއިރު މެއިލްއާއި އެއް ހީރަސްކުރާ ފައިލްތަކުގެ ސައިޒް 10mb އަށްވުރެ ބޮޑުވާނަމަ، އެ މެއިލެއް މި ސަރވިސްއަށް ނުލިބުމަކީ އެކަށީގެންވާ ކަމަކަށްވާތީ، މެއިލް ފޮނުވުމުގެ ކުރިން ފައިލްތަކުގެ ސައިޒް ޗެކްކުރެއްވުމަށްވެސް ދަންނަވަމެވެ.
ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ. އަދި މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، މި ސަރވިސްގެ ނަމްބަރ 3026122 އަށް ގުޅުއްވުން އެދެމެވެ.
             25 އޮގަސްޓް 2024
            
        
                    ހޯދާ  
                
                