ހައްދުންމަތީ ހިތަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހައްދުންމަތީ ހިތަދޫ ކައުންސިލްގެ 5 ވަނަ ފުޓްބޯޅަ މުބާރާތް 2024 ހޯސްޓުކުރާނެ ފަރާތެއް ހޯދުމާބެހޭ ( ދެވަނަ އިޢުލާން)

ހައްދުންމަތީ ހިތަދޫ ކައުންސިލްގެ އިދާރާ

ލ.ހިތަދޫ، ދިވެހިރާއްޖެ

އިޢުލާން

 

ހައްދުންމަތީ ހިތަދޫ ކައުންސިލްގެ 5 ވަނަ ފުޓްބޯޅަ މުބާރާތް 2024 ހޯސްޓުކުރާނެ ފަރާތެއް ހޯދުމާބެހޭ( ދެވަނަ އިޢުލާން)

      

ހައްދުންމަތީ ހިތަދޫ ކައުންސިލްގެ 5 ވަނަ ފުޓްބޯޅަ މުބާރާތް 2024 ހޯސްޓްކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން(IUL)404-ESMS/404/2024/55   ހުށަހަޅާފައިވާ ބީލަންތަކުގެ އަގު އެމަސައްކަތަށް އެކަށީގެންވާ އަގަކަށް ވުރެ ބޮޑުކަމަށް  ފެންނާތީވެ އެ އިޢުލާން ބާތިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

މި ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤަނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކްލަބް ޖަމްޢިއްޔާތަކަށެވެ.

 ވީމާ، ޝަޢުޤުވެރިވާ ފަރާތްތަކުން 1 ސެޕްޓެމްބަރ 2024 ވާ (އާދީއްތަ) ދުވަހުގެ 10:00ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ. މިއިދާރާގެ ނަންބަރ 6800803އަށް ގުޅުއްވައިގެން ނުވަތަ  ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުވައިގެން ރަޖިސްޓްރީކުރަންވާނެއެވެ. މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓަރކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 1 ސެޕްޓެމްބަރ 2024 ވާ (އާދީއްތަ) ދުވަހުގެ 13:00ގައި ހައްދުންމަތީ ހިތަދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 30  އޮގަސްޓް 2024 ވާ (ބުރާސްފަތި) ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ. އީމެއިލްއަށް ފޮނުވާ ސުވާލުތަކާ ގުޅިގެން ސާފުކޮށްދޭންޖެހޭ ކަންކަން އެ ފަރާތްތަކަށް ސާފުކޮށްދެވޭނެއެވެ. މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ބައްދަލުވުމެއް ނޯންނާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ފޯން:6800005

އީމެއިލް: [email protected]

ވީމާ، މިކަންޢާއްމުކޮށްއަންގާ އިޢުލާންކުރީމެވެ.

25 އޮގަސްޓް 2024
ހޯދާ