ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފ. އަތޮޅު ސްޓޭޓް ހައުސް ކޮޓަރި ތަކުގެ ފާޚާނާ ތައް މަރާމާތު ކުރުމާއި ގުޅޭ

 

 

އިޢުލާނު

ފ. އަތޮޅު ސްޓޭޓްހައުސްގެ 08 ކޮޓަރީގެ ފާޚާނާގައި ކުރަންޖެހޭ މަސައްކަތްތަކާއި ފާޚާނާތަކުގައި މިހާރުހުރި ބައެއް ތަކެތި ބަދަލު ކުރުމަށް ބޭނުންވާތީ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ކުރެވުނު މިއިދާރާގެ ނަންބަރު: (IUL)237-PR/237/2024/18 (27 މޭ 2024) އިޢުލާނާއި ގުޅޭ ހުށަހަޅާފައިވާ ބީލަމުގައި ބައެއް މައްސަލަތައް ފާހަގަ ކުރެވޭތީ އެ އިޢުލާން ބާޠިލުކޮށް މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

  1. މި ބީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 2024 ސެޕްޓެމްބަރު 02 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މި އިދާރާގައި ރަޖިސްޓްރީވާން ޖެހޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް، މި ބީލަމުގެ މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތު މިއިދާރާގެ ޕްރޮކިއުމެންޓް  އީ މެއިލަށް ([email protected] ) ފޮނުއްވުން އެދެމެވެ. މި ބީލަމުގައި ބައިވެރިވެވޭނީ ބީލަން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

 

2. ބީލަން ބަލައިގަތުމާއި ހުޅުވުން އޮންނާނީ 2024 ސެޕްޓެމްބަރު 09 ވާ ހޯމަ ދުވަހުގެ 13:00 ގައި މި އިދާރާގައެވެ. ބީލަން ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "ފ. އަތޮޅު ސްޓޭޓްހައުސް ކޮޓަރިތަކުގެ ފާޚާނާތައް މަރާމާތު ކުރުމާގުޅޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ.

 

3. ހުށަހަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލާމާއިއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޞީލާއި، ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކުގެ އިތުރުން މިބީލަމާގުޅޭ މަޢުލޫމާތުތައް                މި އިޢުލާނާއެކުގައިވާ މަޢުލޫމާތު ކަރުދާހުގައި ހިމަނާފައި ވާނެއެވެ. މަޢުލޫމާތު ކަރުދާސް މި އިދާރާގެ ވެބްސައިޓުން (www.faafu.gov.mv) ޑައުންލޯޑް ކުރެވޭނެއެވެ.

 

4. މި ބީލަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ 6740017 އަށް ގުޅުއްވުން އެދެމެވެ.

 

 

21 ޞަފަރު  1446

25 އޮގަސްޓް 2024

25 އޮގަސްޓް 2024
ހޯދާ