ދިވެހިރާއްޖެ
އިޢުލާން |
ނަންބަރ: |
(IUL)421/ESMSED/421/2024/42 |
ތާރީޚް |
21 ޞަފަރު 1446 |
|
25 އޯގަސްޓް 2024 |
އެކްސްކަވޭޓަރެއް ގަތުން
ގދ.ވާދޫ ކައުންސިލްގެ އިދާރާއަށް Kobelco SK70-75 ގެ އެކްސްކަވޭޓަރ އެއްގަތުމަށް ބޭނުންވެގެންކުރި މިއިދާރާގެ ނަންބަރ: (IUL)421/ESMSED/421/2024/41 ( 04 އޯގަސްޓް 2024 ) އިޢުލާނާގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބްތަކުގައިވާ އަގު ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.
ވީމާ،މިދެންނެވި ވެހިކަލް ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން މިއިދާރާގެ އީމެއިލް [email protected] އަށް ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ފޮނުވާ، ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު،ކަނޑައެޅިފައިވާ ސުންގަޑިޔަށް އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.
މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.މިއިޢުލާނާ ގުޅިގެންދެވޭ މަޢުލޫމާތު ކަރުދާހާއި، ބީލަންހުށަހަޅާ ފޯމް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވެ.
އަންދާސީ ހިސާބް ހުށަހެޅުމާބެހޭ
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި |
02 ސެޕްޓެމްބަރ 2024 |
ހޯމަ |
14:00 |
އަންދާސީ ހިސާބް ހުށަހެޅުމުގެ ސުންގަޑީ |
12 ސެޕްޓެމްބަރ 2024 |
ބުރާސްފަތި |
13:00 |
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
ޙަސަން ޢަބްދުﷲ
ކައުންސިލްގެ ރައީސް