މަޤާމު:
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
މަސައްކަތް ކުރަންޖެހޭ ތަން:
|
އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް، މާލެ އޮފީސް
|
މަސައްކަތް ކުރަންޖެހޭ ގަޑި:
|
8:30 – 16:00
|
އަސާސީ މުސާރަ:
|
ތަޢުލީމީ ފެންވަރު އަދި މަސައްކަތުގެ ތަޖުރިބާއަށް ބަލާފައި
|
މީގެ އިތުރުން ކެއުމުގެ އެލަވަންސް އާއި އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
މަޤާމުގެ ޝަރުޠު:
|
- ޖީ.ސީ.އީ އޭލެވެލް ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ކޯސް ފުރިހަމަ ކޮށްފައިވުން އަދި/ނުވަތަ
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާ އަކުން (މެނޭޖްމަންޓް، ހިއުމަން ރިސޯސް ނުވަތަ އެޑްމިނިސްޓްރޭޝަން) މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މަސްއޫލިއްޔަތުތައް:
|
- އޮފީހުގެ ޖެނެރަލް އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ކުރުމާއި، އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުން ތައްޔާރުކުރުމާއި، އޮފީހުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން. އަދި އަހަރީ ރިޕޯޓު ތައްޔާރުކުރުމުގައި ސެކްޝަންގެ އިސް މުވައްޒަފުގެ އިރުޝާދާ އެއްގޮތަށް މަސައްކަތް ކުރުން
- އޮފީހަށް އަންނަ ސިޓީއާއި ތަކެތި ބަލައިގަނެ އެންޓްރީ ކުރުމަށްފަހު ފޮނުވަންޖެހޭ ފަރާތްތަކަށް ގަވާއިދުން ފޮނުވޭތޯ ބެލުމާއި އެކަންކަމުގައި އެހީތެރިވެދިނުމާއެކު، އެ މަސައްކަތްތައް އިސްވެ ރާވައި ހިންގުން. އެޑްމިންއަށް އަންނަ މައްސަލަތައް ބަލައި ހައްލުކުރުން.
- އޮފީހުގެ އެންމެހާ އިދާރީ މަސައްކަތްތަކާއި އެއާ ގުޅުން ހުރި މަސައްކަތްތައް ކުރުން.
|
މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:
|
- އިނގިރޭސިން ފަރިތަކަމާއެކު ރަނގަޅު ފެންވަރެއްގައި މުޢާމަލާތު ކުރަން އެނގުން.
- ކޮމްޕިއުޓިންގ ކޯހެއް ހަދާފައިވުން އަދި މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަން ބޭނުން ކުރަން ރަނގަޅަށް އެނގުން. (ޚާއްޞަކޮށް މައިކްރޯސޮފްޓް ވާރޑް އަދި އެކްސެލް)
- މަސައްކަތާ ގުޅޭ ދާއިރާއިން ތަޖުރިބާ ލިބިފައިވުން.
- ހަވާލުކުރެވޭ މަސައްކަތްތައް ދުވަހުން ދުވަހަށް ބަރާބަރަށް ނިންމޭފަދަ ހީވާގި މުރާލި މީހަކަށްވުންް
|
ހުށަހަޅަންޖެހޭ ލިއުންތައް
|
- ތަޢުލީމީ އަދި ފަންނީ ސެޓުފިކެޓުތަކުގެ ކޮޕީ (އެޓެސްޓްކޮށްފައިވާ)
- ސްކޫލް ލީވިންގ ސެޓުފިކެޓުގެ ކޮޕީ
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ (މުއްދަތު ހަމަނުވާ)
- ޕޮލިސް ރިޕޯޓު
- ޕާސްޕޯޓް ސައިޒުގެ ފޮޓޯ
|
ސުންގަޑި:
|
18 ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ 16:00ގެ ކުރިން
|