އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
އިލެކްޝަންސް ކޮމިޝަނުގެ ހުރި ބައުވެ ހަލާކުވެފައިވާ މުދާ ދެވަނަފަހަރަށް ނީލަންކިޔުން

(IUL)38-AA/38/2024/455: ނަންބަރު

 

އިޢުލާން

އިލެކްޝަންސް ކޮމިޝަނުގެ ހުރި ބައުވެ ހަލާކުވެފައިވާ މުދާ ދެވަނަފަހަރަށް ނީލަންކިޔުން

މި ކޮމިޝަނުގެ ނަންބަރު (IUL)38-AA/38/2024/444 އިޢުލާނާއި އެއްގޮތަށް، ކޮމިޝަނުގެ ގިނަ ދުވަސްވެ، ބައުވެ ހަލާކުވެފައިވާ މުދާ، 2024 އޮގަސްޓް 22 ވީ ބުރާސްފަތި ދުވަހު ނީލަން ކިޔުމަށްފަހު، މި މުދަލުގެ ތެރެއިން ނީލަމުގައި ނުވިކި ހުރި މުދާ، ދެވަނަ ފަހަރަށް ނީލަން ކިޔުން 2024 ސެޕްޓެމްބަރު 03 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި ބައު އަރަބިއްޔާ ސުކޫލު (ކުރީގެ އަރަބިއްޔާ ސުކޫލު ހިންގި އިމާރާތު)ގެ 02 ވަނަ ފަންގިފިލާ ގައި އޮންނާނެއެވެ. މި ނީލަމުގައި ނީލަން ކިޔުމަށް ހަމަޖެހިފައިވާ މުދަލުގެ މަޢުލޫމާތާއި، މުދަލުގެ އަގު ނީލަމުގައި ފަށާނެގޮތުގެ ލިސްޓެއް، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި، ނީލަމުގައި ބައިވެރިވެ، ނީލަމުން މުދާ ނަންގަވާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން ތިން ދުވަހުގެ ތެރޭގައި، މާލީވުޒާރާގެ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް މި ކޮމިޝަނަށް ފައިސާ ދެއްކުމަށްފަހު، މުދާ ގެންދަވަންވާނެއެވެ.

މި ނީލަމުގައި ބައިވެރިވެލެއްވުމަށް، ބޭނުންފުޅުވާ ފަރާތްތަކުން، 2024 ސެޕްޓެމްބަރު 03 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް ބައު އަރަބިއްޔާ ސުކޫލު (ކުރީގެ އަރަބިއްޔާ ސުކޫލު ހިންގި އިމާރާތު)ގެ 02 ވަނަ ފަންގިފިލާއަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި ނީލަމަށް ވަޑައިގަންނަވާއިރު އެފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

25 އޮގަސްޓް 2024
ހޯދާ