ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ވ.ކެޔޮދޫ މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތްކުރާ ކޮޓަރީގައި ކާޕެޓް އެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން

      މި ކޯޓްގެ ނަންބަރ:  J3C-A/2024/6 (6 އޮގަސްޓް 2024) އިއުލާނާ ގުޅިގެން ހުށައަޅާފައިވާ އަގަކީ އެކަށީގެންވާ އަގަކަށް ނުވާތީ، އެ އިޢްލާނު ބާޠިލުކޮށް އެމަސައްކަތުގެ ސްކޯޕަށް ބަދަލުގެނެސް އަލުން އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢްލާނު ކުރަމެވެ.

                 މި ކޯޓުން ފޯރުކޮށްދޭ މައްލޫމާތާއި ކުރެހުމާއި އެއްގޮތަށް ވ.ކެޔޮދޫ މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތްކުރާ ކޮޓަރީގައި ކާޕެޓް އެޅުމަށް ބޭނުންވެއްޖެއެވެ. މިމަސައްކަތަށް ބޭނުންވާ ކާޕެޓް، އަންޑާ ލޭޔާރ، ކާޕެޓްގެ ޖޮއިންޓް ޓޭޕް އަދި ދޮރުކައިރީގައި އެޅުމަށް ބޭނުންކުރާފަތި ފޯރުކޮށްދޭނީ މިކޯޓުންނެވެ.

       މި މަސައްކަތާބެހޭ މަޢްލޫމާތު ސާފުކޮށްދިނުން 27 އޮގަސްޓް 2024 ވާ އަންގާރަ ދުވަހު 11:00 ގައި ވ.ކެޔޮދޫ މެޖިސްޓްރޭޓް ކޯޓާއި، ވ.ފެލިދޫ މެޖިސްޓްރޭޓް ކޯޓުގައި އޮންނާނެއެވެ. އީމެއިލް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާނަމަ އެކަމަށް އެދޭ ފޯމު އީމެއިލް ކުރާނީ 27 އޮގަސްޓް 2024 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން info@v-keyodhoo.court.gov.mv އަށެވެ.

                 ބީލަން ހުށަހަޅާނީ 29 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ވ.ކެޔޮދޫ މެޖިސްޓްރޭޓް ކޯޓާއި، ވ.ފެލިދޫ މެޖިސްޓްރޭޓް ކޯޓަށެވެ. މި މަސައްކަތުގެ މަޢްލޫމާތުޝީޓާއި އަންދާސީ ހިސާބު ހުށަހަޅާފޯމު އަދި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރާ ފޯމް އިޢްލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ. ބީލަން ހުށަހަޅަން އޮންނަ ގަޑީގެ ފަހުން ހުށަހަޅާ ބީލަމާއި، ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

                        18 ޞަފަރު 1446

22 އޮގަސްޓް 

22 އޮގަސްޓް 2024
ހޯދާ