ދިވެހިރާއްޖެ
`
ގއ.މާމެންދޫ ސްކޫލް
މާމެންދޫ / ދިވެހިރާއްޖެ
އިޢުލާން
ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން:
ވިޔަފާރީގެ އުސޫލުން މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުއްވޭނީ ވިޔަފާރި ޤާނޫނު 2014/18 ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު 2014/19 ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށް 22 އޯގަސްޓް 2024 އިން 29 އޯގަސްޓް 2024 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. އަދި ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރި ތަކަށެވެ.
ބިޑް ރަޖިސްޓްރީ ފޯމް ލިންކް: Bealan Registration Form ( Security) - Google Forms
މިބީލަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުން އޮންނާނީ 01 ސެޕްޓެމްބަރ 2024 ވާ އާދީއްތަ ދުވަހުގެ މެންދުރު 12.00 ގައި މާމެންދޫ ސްކޫލުގައެވެ.
ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 04 ސެޕްޓެމްބަރ 2024 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގައި މާމެންދޫ ސްކޫލުގައެވެ. ބީލަން ހުށަހަޅާ ފަރާތަކުން ބަދަލުގައި މީހަކު ފޮނުވާކަމުގައިވާނަމަ، ސިޓީއަކާ އެކެ ބަދަލުގައި އަންނަ ފަރާތުގެ އައިޑީކާޑް ކޮޕީ އެއް ހުށަހަޅަންވާނެއެވެ.
މި ޕްރޮޖެކްޓާ ގުޅޭ ބީލަން ފޮތާއި މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު ހިމެނިފައިވާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ނަންނޯޓު ކުރުމަށް ދެންނެވިފައިވާ ތާރީޚުގެ ކުރިން ނަން ނޯޓު ކުރެއްވުން އެދެމެވެ. އަދި ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެވެ. ބީލަމުގައި ނަންނޯޓް ނުކުރާ ފަރާތްތަކަށް ބީލަން ހުށައެއް ނޭޅޭނެއެވެ. ނަމަވެސް ނަންނޯޓް ކުރުމަށް ފަހު މައުލޫމާތު ސެޝަން އަށް ހާޒިރު ނުވެވުނަސް ބީލަން ހުށަހެޅޭނެއެވެ.
22 އޯގަސްޓް 2024