މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
މާލޭގައި ހުރި މި އޮތޯރިޓީގެ ގުދަނުގައި ހުރި ލިޔެކިޔުންތައް އެހެން ތަނަކަށް ބަދަލުކުރުމާބެހޭ

މާލޭގައި ހުރި މި އޮތޯރިޓީގެ ގުދަނުގައި ހުރި އެންމެހައި ލިޔެކިޔުންތައް މޯލްޑިވްސް ޕޮލިޓެކްނިކްގައި ހުރި މި އޮތޯރިޓީގެ ގުދަނަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 01 ސެޕްޓެމްބަރ 2024 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (5 ވަނަ ފަންގިފިލާ، އުމަރު ޒާހިރު އޮފީސް އިމާރާތް، އޯކިޑްމާ ހިނގުން، ހުޅުމާލެ) އަށް، ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 ސެޕްޓެމްބަރ 2024 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް މި އޮތޯރިޓީ (5 ވަނަ ފަންގިފިލާ، އުމަރު ޒާހިރު އޮފީސް އިމާރާތް، އޯކިޑްމާ ހިނގުން، ހުޅުމާލެ) އަށް، ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކައާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ.

އަންދާސީހިސާބު ހުށަހަޅާނީ މި އޮތޯރިޓީން އިރުޝާދު ދޭ ގޮތަކަށެވެ.

 

ޖެނެރަލް އެޑްމިނިސްޓްރޭޝަން، ޕްރޮކިއުމަންޓް އެންޑް ސަޕޯރޓް ޔުނިޓް

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ

5 ވަނަ ފަންގިފިލާ، އުމަރު ޒާހިރު އޮފީސް އިމާރާތް

އޯކިޑްމާ ހިނގުން، ހުޅުމާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]       ފޯން: 3026656 / 3026676 

22 އޮގަސްޓް 2024
ހޯދާ