ދިވެހިރާއްޖެ
މިރަށުން ބަންޑާރަ ގޯތި ދޫކުރުމަށްޓަކައި 2022 ވަނަ އަހަރު ކުރެވުނު މި ކައުންސިލްގެ ނަމްބަރ : (IUL)325-MS/325/2022/27 ) ( 25 މެއި 2022 ) އާއިގުޅިގެން 2 މައްސަލައެއް ޝަރުއީ މަރުޙަލާއިން ނިންމާފައިވާތީ، އެދެ މައްސަލައިގެ ޙުކުމަށް ބަލާއިރު އޭރު ހެދިފައިވާ އުޞޫލަކީ ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވައިދުގެ ބައެއް މާއްދާތަކަށް ފުށުއަރާ އުޞޫލަކަށް ވާތީ ، އެ އުޞޫލް އިޞްލާޙު ކުރުމުގެ މަސައްކަތް މި ކައުންސިލުން މިދަނީ ކުރަމުންނެވެ. މި ގޮތުން އަލަށް އެކުލަވާލެވުނު ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލް 2024 އަށް އިޞްލާޙު ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ. ވީމާ މި އިޢުލާނާއެކު މިވާ " ބ. ގޮއިދޫއިން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލް 2024 " އަށް އިޞްލާހް ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން ލިޔުމުން ނުވަތަ އީމެއިލް މެދުވެރުކޮށް [email protected] ) ) 01 ސެޕްޓެމްބަރ 2024 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.