އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - އެއްގަމު މަހާއި ކަނޑުމަހުގެ ބާވަތްތަކާއި ޕޯލްޓަރީ ފާމް ހިންގުމުގެ ބޭނުމަށް ބިން ކުއްޔަށް ހިފުމަށް އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ފަރާތްތަކާ ގުޅޭ

އިޢުލާން

އެއްގަމު މަހާއި ކަނޑުމަހުގެ ބާވަތްތަކާއި ޕޯލްޓަރީ ފާމް ހިންގުމުގެ ބޭނުމަށް ބިން ކުއްޔަށް ހިފުމަށް އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ފަރާތްތަކާ ގުޅޭ

        އެއްގަމު މަހާއި ކަނޑުމަހުގެ ބާވަތްތަކާއި ޕޯލްޓަރީ ފާމް ހިންގުމުގެ ބޭނުމަށް ބިން ދޫކުރުމުގެ އުޞޫލު އައްޑޫ ސިޓީ ކައުންސިލުން ފާސްކޮށް، އެއުޞޫލު 28 ޖުލައި 2024 ގައި މިއިދާރާގެ ނަންބަރު: (IUL)426-AB/426/2024/315 އިޢުލާނާއެކު ޝާއިޢުކުރެވިފައި ވުމާއެކު، އެއްގަމު މަހާއި ކަނޑުމަހުގެ ބާވަތްތަކާއި ޕޯލްޓަރީ ފާމް ހިންގުމުގެ ބޭނުމަށް އައްޑޫސިޓީ އިން ބިން ދޫކުރުމުގައި ޢަމަލުކުރާނީ އެއުޞޫލުގައިވާ ގޮތުގެ މަތީންކަން އެންމެ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

        މިގޮތުން، ބުނެވިދިޔަ އުޞޫލަށް ޢަމަލުކުރަން ފެށުމުގެ ކުރިން އެފަދަ ބޭނުންތަކަށް ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން މުއްދަތު ހަމަނުވާ އެއްބަސްވުންތައް އުޞޫލުގެ 3 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން އެއުޞޫލަށް ޢަމަލުކުރަން ފަށާތާ 03 (ތިނެއް) މަސް ދުވަހުގެ ތެރޭގައި ބާޠިލުވާނެކަމަށް އުޞޫލުގައި ކަނޑައަޅާފައިވާތީ، އުޞޫލުގެ 3 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން އެފަދަ ބިންތަކުގެ އެއްބަސްވުންތައް އަލުން ކައުންސިލާއެކު އެކުލަވާލުމަށް ބޭނުންވާ ފަރާތްތަކުން، އެކަމަށް އެދި ބިން ކުއްޔަށް ދޫކުރުމަށް އެފަރާތާއި ކައުންސިލާއެކު ވެފައިވާ އެއްބަސްވުމާއި އެފަރާތުގެ އައިޑީ ކާޑުގެ ކޮޕީއާއެކު، މިއަދުން ފެށިގެން 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

        އަދި އުޞޫލުގައިވާ ގޮތުގެމަތިން އެއްބަސްވުން އަލުން އެކުލަވާލުމަށް ހުށަހަޅާފައިނުވާނަމަ، އެފަދަ އެންމެހައި އެއްބަސްވުންތައް އުޞޫލުގައިވާ ގޮތުގެ މަތީން 03 (ތިނެއް) މަސް ދުވަސް ހަމަވުމާއެކު، ބާޠިލުވާނެކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

        ވީމާ، މިވާހަކަ އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

 

18 ޞަފަރު 1446

22 އޮގަސްޓް 2024

22 އޮގަސްޓް 2024
ހޯދާ