މުލަކަތޮޅު ކޮޅުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަވީރީނާޒް ކުރިން ހުރި ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ

މ.ކޮޅުފުށީ ކައުންސިލްގެ، މިލްކިއްޔާތުގައިވާ ހަވީރީނާޒު ކުރިން ބިން ހުރި ކުއްޔަށް ދޫކުރުމަށް ކައުންސިލުން ބޭނުންވެއެވެ.

              މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދިނުން 26 އޮގަސްޓް 2024 ވާ ހޯމަ ދުވަހުގެ 11:00 ގައި މިކައުންސިލުގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ. އަދި މީގެ އިތުރުން އޮންލައިންކޮށް މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން، 26 އޮގަސްޓް 2024 ވާ ހޯމަ ދުވަހުގެ 11:00 ގެ ކުރިން މަޢުލޫމާތު ސާފުކުރައްވާ ކުންފުނި / ވިޔަފާރީގެ ނަމާއި، ގުޅޭނެ ނަންބަރު އަދި އީ-މެއިލް އެޑްރެސް ބަޔާންކޮށް [email protected] އަށް އީ-މެއިލް ކުރެއްވުމުން، މި މަސައްކަތާގުޅޭ މަޢުލޫމާތާއި އަންދާސީ ހިސާބު ހުށަހަޅާ ފޯމް އެފަރާތަކަށް  26 އޮގަސްޓް 2024 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން އީ-މެއިލް މެދުވެރިކޮށް ފޯރުކޮށްދެވޭނެއެވެ. މަޢުލޫމާތު  ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބުގައި ބައިވެރިނުވެވޭނެ ކަމުގައި ދަންނަވަމެވެ.

އަންދާސީ ހިސާބު ބަލައިގަތުމާއި، އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ 01 ސެޕްޓެމްބަރ 2024 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މިކައުންސިލުގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވައި މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

21 އޮގަސްޓް 2024
ހޯދާ