ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ގދ އަތޮޅު ކައުންސިލްގެ " ވޮލީ މުބާރަތް 2024 " އިންތިޒާމްކޮށް ހިންގަދޭނެ ފަރާތެއް ހޯދުމާބެހޭ
                                އިއުލާން ނަންބަރު: (IUL)242-A/242/2024/27
އިޢުލާން
ގދ އަތޮޅު ކައުންސިލްގެ " ވޮލީ މުބާރަތް 2024 " އިންތިޒާމްކޮށް ހިންގަދޭނެ ފަރާތެއް ހޯދުމާބެހޭ
މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، ގދ. އަތޮޅަށް ހުޅުވައިގެން ވޮލީ މުބާރާތެއް ހިންގައިދޭނެ ފަރާތެއް ބޭނުންވެއެވެ. މިފުރުޞަތު ހުޅުވާލެވިފައިވަނީ، ރަޖިސްޓްރީކޮށްގެން ގދ. އަތޮޅުގައި ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކުރާ ކްލަބް އަދި ޖަމްޢިއްޔާ ޖަމާޢަތްތަކަށެވެ.
- ޕްރޮޕޯސަލް ހުށައެޅުމަށް ރަޖިސްޓްރީވުމަށް https://forms.gle/iihn7TawBuRK3RkMA ބޭނުން ކުރެއްވުން އެދެމެވެ. ނުވަތަ މި އިޢުލާނުގައިވާ ކިއު.އާރު ކޯޑް ސްކޭން ކުރުމުން ލިބިވަޑައިގަންނަވާނެއެވެ. ބީލަމުގައި ރަޖިސްޓަރ ވެވަޑައިގަތުމުން ބީލަމާގުޅޭ މަޢުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.
 - ޕްރޮޕޯސަލް ހުށައެޅޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
 - މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތާއި އެއްގޮތަށް 05 ސެޕްޓެމްބަރ 2024 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން މިއިދާރާއަށް މެއިލް ކުރެއްވުން އެދެމެވެ. މެއިލް ކުރައްވާނީ އިދާރާގެ މެއިލް އެޑްރެސް: [email protected] އަށެވެ.
 - އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 14:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބުތައް ބާތިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މެއިލް މި އިދާރާއަށް ލިބުނުކަން ޔަޤީންކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
 
| 
 ތަފްޞީލް  | 
 ތާރީޚާއި ގަޑި  | 
| 
 ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީވުމަށް  | 
 27 އޮގަސްޓް 2024، 14:00  | 
| 
 ޕްރޮޕޯސަލް ހުށަހެޅުން  | 
 05 ސެޕްޓެމްބަރ 2024، 14:00  | 
- ބީލަމާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލައްވާ ނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6841032 އާ ފޯނުން ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
 - އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
 
ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލް އިދާރާ
އާބާދީހިނގުން ، ތިނަދޫ ސިޓީ ، ދިވެހިރާއްޖެ
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
             21 އޮގަސްޓް 2024
            
        
                    ހޯދާ  
                
                